ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ބައްދަލުވުމެއް!

05 Jun 2020 | 04:36

އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލީއާގޭގައެވެ.

މި ބައްދަލުވުމަށްފަހު ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެބޭފުޅުންގެ މެދުގައި ވަރަށް ފުރިހަމަ މަޝްވަރާތަކެއް މި ބައްދަލުވުމުގައި ކުރެވުނު ކަމަށާއި، އެގޮތުން ތަރައްގީގެ އެޖެންޑާގައި އިސްކަން ދޭންވީ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.

އެމަނިކުފާނު ވަނީ ތަރައްގީގެ މި ލަނޑުލަނޑިތައް ހާސިލްކުރުމުގައި ރައްޔިތުންގެ މަޖިލީހަކީ މުހިންމު ބައިވެރިއެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ދިވެހިންނަށްޓަކައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެކުގައި މަސައްކަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުވުން ބާއްވާފައިވަނީ ރައީސް ނަޝީދާއި ރައީސް ޞާލިހާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ގިނަބަޔަކު ބުނަމުންދިޔަ ދަނޑިވަޅެއްގައެވެ. 

Advertisement

ކޮމެންޓް