ގެއްލުންވާނެކަމަށް ބުނި މަހާޖައްރާފުން އެމްޓީސީސީއަށް ބޮޑު ފައިދާއެއް!

10 Jun 2020 | 12:57

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ފުރަތަމަ ތިންމަހުގައި މަހާ ޖައްރާފްއިން ބިންހިއްކުމުގެ ސަބަބުން 13 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެކަމަށް އެ ކުންފުނިން ހާމަކުރައްވައިފިއެވެ.

އެމްޓީސީސީ އިން ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މައިގަނޑު ހަ ދާއިރާ އަކުން ވިޔަފާރި ކުރި އެވެ. އެއީ މުދާ ވިއްކުމާއި ކޮންޓްރެކްޓިންގެ މަސައްކަތްތަކާއި ބިން ހިއްކުމާއި ލޮޖިސްޓިކްސްގެ އިތުރުން ޓްރާންސްޕޯޓް ސެކްޓާ އާއި އިންޖިއަރިން އާއި ޑޮކިންގެ އިތުރުން އެހެނިހެން ބައެއް ވިޔަފާރި ތަކެވެ.

ސަރުކާރުގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުނިން މި އަހަރު 81 މިލިއަން ރުފިޔާގެ އާމްދަނީއެއް ބިން ހިއްކުމުން ލިބިފައިވެ އެވެ.

Advertisement

ކޮމެންޓް