20 Jun 2020 | 22:38
ހަމަނުޖެހުން ހިނގީ އިންޑިއާ ސިފައިން ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދަށް ތަކުރާރުކޮށް އެރުމުން

އޭޝިއާ ބައްރުގެ އަދި ދުނިޔޭގެވެސް އެންމެ މުހިންމު އެއް ހަބަރަކަށް ފާއިތުވި ދުވަސްތަކުގައި ވެފައިވަނީ އިންޑިއާ ޗައިނާގެ ބޯޑަރު މައްސަލައެވެ. މި ދެގައުމު ދެމެދުގައި ހަމަ ނުޖެހުން ހައްލު ނުވެ ފިނި ހަނގުރާމައެއް ފެށިއްޖެނަމަ އޭގެ އަސަރު މުޅި ދުނިޔެއަށްވެސް ކރާނެތީއެވެ.

ބޯޑަރު ހަމަނުޖެހުމެއް ހިނގިކަން މީޑިއާ ތަކަށް އެގުނީ އެސަރަހައްދުގައި އިންޑިއާގެ 17 ސިފައިން މަރުވިވާހަކަ އިންޑިއާގެ ނޫސްތަކުން ދައްކަން ފެށމައިއެވެ. އެހެނަސް ކަން އަސްލުވީގޮތް އެއްވެސް ގައުމަކުން ރަސްމީކޮށް ފުރަތަމަ ކިޔައިނުދެއެވެ. މިގޮތުގައި ތިން ހަތަރު ދުވަސް ފާއިތުވި ފަހުން މިހާރު އިންޑިއާ އަދި ޗައިނާއިން ވެސް ވަނީ ރަސްމީކޮށް މިކަމާއި ބެހޭގޮތުން އެއްޗެއް ބުނެފައިއެވެ.

ރޭ އިންޑިއާގައި ބޭއްވުނު އޯލް ޕާޓީ ބައްދަލުވުމުގައި މޯދީ ވަނީ ޗައިނާ ސިފައިން އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެފައިނުވާކަން ކަޝަވަރުކޯށް ދީފައިއެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީއިން ވަނީ ހަމަ ނުޖެހުން ހިގަން ދިމާވި ސަބަބު ތަފްސީލުކޮށް ބަޔާންކޮށްދީފައިއެވެ.

އެގޮތުން ގަލްވާން ވެލީ ސަރަހައްދަކީ ޗައިނާ އަސްކަރިއްޔާއިން އަބަދުވެސް ފޯރި މަރަމުން އަންނަ ސަރަހައްދެއްކަމަ ޗައިނާ އިން ވަނީ ބަޔާންކޮށްފައިއެވެ. އަދި 2 އެޕްރީލް އިން ފެށިގެން އިންޑިއާގެ ސިފައިން ވަނީ އެސަރަހައްދުގައި މަގާއި، ބުރިޖު ފަދަ ތަންތަން ހަދަން ފަށައިފައިއެވެ. ޗައިނާ ސަރަހައްދުގެ ތެރެއަށް ވަދެ އަސްކަރީ ފޯރިމަރާ ސްޓޭޝަންވެސް ގާއިމު ކުރަން އިންޑިާ ސިފައިން ފެށީއެވެ. މިއީ ޗައިނާއިން ހަމަލާއެއް ދޭތޯ ގަސްތުގައި ކުރަމުން ދިޔަ ކަންކަން ކަމަށް ޗައިނާ އިން ފާހަނގަ ކުރިއެވެ.

އެހެން އެގޮތަށް ހަމަލާ ނުދީ ޗައިނާ އިން އިންޑިއާ އާއި އެކު މަޝްވަރާ ފެށީއެވެ. މިގޮތުން 6 ޖޫން ގައި އިންޑިއާ އަދި ޗައިނާގެ ކޮމާންޑަރުންގެ ބައްދަލުވުމުގައި އިންޑިއާއިން ވަނީ ޗައިނާ ސަރައްދުން ފައިބަން އެއްބަސްވެފައިއެވެ. މިގޮތައް އެއްބަސްވެފައި ވަނިކޮށް 15 ޖޫން ގައި އިންޑިއާ ސިފައިން އަނެއްކާ އެސަރަހައްދަށް ވަދެ ޗައިނާ ސިފައިންނާއި ކުރިމަތިލާން ފެށީއެވެ. ޗައިނާ އިން ރައްދު ދިނީ އެހިސާބުން ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ހާމަކޮށްފައިއެވެ.

ޗައިނާގެ އޮފިޝަލުން އިތުރަށް ހާމަ ކުރިގޮތުގައި އިންޑިއާގެ އެހާ ގިނަ އަދަދެއްގެ ސިފައިން މަރުވީ ވަގުތުން ވަގުތަށް ދޭން ޖެހޭ ސިއްހީ ފަރުވާ ނުދެވި ލަސްވެގެންނެއެވެ. އެފަދަ ސިއްހީ ފަރުވާ ދޭނެ އިންތިޒާމް އިންޑިއާގެ ބޯޑަރު ސިފައިންގެ ނެތުމުގެ ސަބަބުން ސިފައިންތަކެއް މަރުވާން ޖެހުމުން އެކަމަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައިއެވެ.

ބޯޑަރުގައި އުފެދުނު ހަމަނުޖެހުން މިޙާރަށްވަނީ ހައްލު ކުރެވިފައިކަން ދެގައުމުންވެސް ވަނީ ކަށަވަރު ކޯށްދީފައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.