ސްރީލަންކަން އިން ގަމަށް ކުރާ ދަތުރުތައް އެއްކޮށް ހުއްޓާލުމާއި މެދު އަދި ވަކި ގޮތެއް ނުނިންމާ!

22 Jun 2020 | 07:29

އަވަށްޓެރި ސްރީލަންކާގެ ގައުމީ އެއަރލައިންކަމުގައިވާ ސްރީލަންކަން އެއާލައިންސްގެ ފަރާތުން އައްޑޫ ސިޓީގެ ގަމަށް ކުރާ ދަތުރުތައް އެއްކޮށް ހުއްޓާލުމާއި މެދު ވަކިގޮތެއް މިހާ ތަނަށް ނިމިފައި ނުވާކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްރީލަންކަން އެއާލައިންސްއަކީ ގަމާއި ކޮލަމްބޯއާއި ދެމެދުގައި ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނެވެ. ދާދިފަހުން ވަނީ އެ ދަތުރުތަކަށް އޮތް ޑިމާންޑް ކުޑަވުމުން އެ ދަތުރުތައް ހުއްޓާލަން ޖެހިދާނެކަމަށްބުނެ ވާހަކަތަކެއް ފެތުރިގެން ގޮސްފައެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދުދެއްވާ "އައްޑޫލައިވް" ނޫހަށް މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއާލައިންސްގެ ގަން އޭރިޔާ މެނޭޖަރ ނަޔޯމީ ޓެންނަކޫން ވިދާޅުވީ ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި މެދު އެ އެއާލައިނުން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި އަދި އެކަމާ ބެހޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ނަޔޯމީ އިތުރަށް ވަނީ އުތުރުގެ އަތޮޅުތަކުން ގަމަށް އޮތް ކަނެކްޓިވިޓީ ވަރުގަދަކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަ ކުރައްވާފައެވެ. ސަބަބަކީ ކެނަރީފް ރިސޯޓްވެސް ދެ އަހަރަށް ބަންދުކުރަން ނިންމުމުން، އެ އެއާލައިންގެ ކެޕޭސިޓީއަށް ބޮޑު އަސަރެއް ކުރުންކަމަށްވެސް ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިނުން ގަމަށް ކުރާ ފްލައިޓްތައް މިހާތަނަށް ހަމައެކަނި ހުއްޓާލެވިފައިވަނީ ޖުލައި މަހާއި ހަމައަށެވެ. 

Advertisement

ކޮމެންޓް