ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ރ.އަތޮޅުގައި ފަށައިފި

23 Jun 2020 | 13:54

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ރ.އަތޮޅުގައި ވަކި ޖަމާއަތް ހަދައިގެން އުޅޭ މީހުންނާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމަށާއި އަދި ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގާ ހަރަކާތެއް ރ. އަތޮޅުގައި ކުރިއަށް ގެންދާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މިވަގުތު ގިނަ އަދަދެއްގެ ފުލުހުން ދަނީ ރ.މަޑުއްވަރީގައި ހަރަކާތްތެރިވަމުންނެވެ. މި ރަށަކީ މީގެ ކުރިން ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އުޅޭކަމުގެ ތުހުމަތުގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ރަށެކެވެ.

ފުލުހުންގެ މިއަދުގެ އޮޕަރޭޝަންގައި މިހާތަނަށް ފަސް މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. 

Advertisement

ކޮމެންޓް