ކޮވިޑް-19 ޖެހިގެން 9 ވަނަ މީހަކު ރާއްޖޭގައި ނިޔާވެއްޖެ

30 Jun 2020 | 22:48

ކޮވިޑް-19 ޖެހިގެން 9 ވަނަ މީހަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މިއަދު މެންދުރުފަހު 01:50 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 43 އަހަރުގެ ފިލިޕީންސް ރައްޔިތެކެވެ.

މީގެކުރިން ކޯވިޑް19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ހަތަރު ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ. މިއަދު މަރުވި ޕިލިޕީންސް މީހާއާއިއެކު ރާއްޖެއިން ކޯވިޑް -19ޖެހިގެން މަރުވެފައިވަނީ 9 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ބަލިމީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ހާލު ބޮޑު ތިން މީހުން އިއްޔެ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 2،337 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 1،927 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

ކޮމެންޓް