އައްޑޫ ސިޓީގެ މަރަދޫއަށް އުދަ އަރައިފި

11 Jul 2020 | 14:09

އައްޑޫ ސިޓީގެ މަރަދޫއަށް އިއްޔެ އުދަ އަރައިފިއެވެ.

އެގޮތުން އިއްޔެ ހެނދުނުން ފެށިގެން މަރަދޫ ފަތާ ޓްރެކް ސަރަހައްދުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރަން ވަނީ ފަށާފައެވެ.

މީސް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ ލިންކް ރޯޑުން ދަތުރުކުރުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރަހައްދަކީ އާންމުގޮތެއްގައިވެސް ދިޔަވަރު ބޮޑުވާ ދުވަސްވަރުގައި އުދަ އަރާ ސަރަހައްދެކެވެ. ނަމަވެސް، މިކަން ހައްލުކުރުމަށް އެދެވޭ މަސައްކަތެއް އެއްވެސް ސަރުކާރުން ކޮށްފައި ނުވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް