މިއަދު ކޮވިޑް-19 އަށް ރާއްޖެއިން 68 މީހަކު ޕޮޒިޓިވްވެއްޖެ

17 Jul 2020 | 00:30

ކޮވިޑް-19 ބައްޔަށް މިއަދު ދިވެހިރާއްޖެއިން 68 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ތަފާސްހިސާބު ތަކުގައިވާ ގޮތުގައި މިއަދު މި ބައްޔަށް އަލަށް 68 މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އެގޮތުން މިއަދު އަލަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 47 ދިވެހިންނެވެ.

މީގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ނުވަ ރައްޔިތުންނާއި، އިންޑިޔާގެ ހަތަރު ރައްޔިތުންނާއި، ނޭޕާލްގެ ރައްޔިތަކާއި، ސްރީލަންކާގެ ހަތަރު ރައްޔިތުންނާއި ފިލިޕީންސްގެ ތިން ރައްޔިތުންނެވެ. 

މިއާއި އެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2899 އަށް އަރާފައެވެ. މިބަލިން 2339 މީހުން ރަނގަޅުވީއިރު، 530 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގައި މިހާތަނަށް ދިވެހިރާއްޖެއިން 15 މީހަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް