Advertisement

ޕީޕީއެމްއިން ސީދާހަރަކާތައް ނުކުމެއްޖެ

26 Jul 2020 | 21:32

މިއަދު ފާހަގަކުރެވެމުންދާ މިނިވަން ދުވަހާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން މަގުމައްޗަށް ނުކުމެއްޖެއެވެ.

މި ހަރަކާތުގެ ބައިވެރިން މިހާރު ތިބީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި އިހްތިޖާޖުގެ ބޭނުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާއި ދެކޮޅަށް އަޑުއުފުލުން ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިންޑިޔާ ބައްސަމުން ގެންދާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.



-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް