ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025
29 Jul 2025
އީމާންގެ ހެޓްރިކާއެކު ޑީޖީޑީ ބަލިކޮށް ފްލަޔާސް ސެމީފައިނަލުން ޖާގަ ހޯދައިފި
މިހާރު ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހެނދުނު ފްލަޔާސް އާއި ޑީޖީޑީ ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްލަޔާސް އިން ގުރޫޕްގެ ދެވަަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
28 Jul 2025
ވައިޑީޖީޑީ ބަލިކޮށް އީއެންއެފްޓީ އިން މުބާރާތް ނިންމާލީ މޮޅަަކާއެކު
މިހާރު ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވައިޑީޖީޑީ އާއި އީއެން ފުޓްބޯޅަ ޓީމު ވާދަކުރި މެޗު ފަސޭހަކަމާއެކު 11-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީއެން ފުޓްބޯޅަ ޓީމުން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.
28 Jul 2025
ފަސޭހަކަމާއެކު ޑީސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެސްޕީއެސްސީ ސެމީއަށް
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހެނދުނު އެސްޕީއެސްސީ (ސްޕާޓަންސް) އާއި ޑީސީ ކުޅުނު މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްޕާޓަންސް އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
27 Jul 2025
އީއެން ބަލިކޮށް ކާށިދޫ ޕޮލިސް ކުލަބުން މުބާރާތުގެ ސެމީފައިލްގެ ޖާގައެއް ކަށަވަރުކޮށްފި
މިހާރު ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކާށިދޫ ޕޮލިސް ކުލަބާއި އީއެން ފުޓްބޯޅަ ޓީމު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި ޕޮލިސް ކުލަބު މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
27 Jul 2025
ފްލަޔާސް އިން ޑީސީ މޮޅުވިޔަނުދީ ހިފަހައްޓައިފި
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހެނދުނު ފްލަޔާސް އާއި ޑީސީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
26 Jul 2025
މަޖީދުގެ މޮޅު ކުޅުމާއެކު ޑީޖީޑީ އަތުން އެސްޕީއެސްސީއަށް ފަސޭހަ މޮޅެއް
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެސްޕީއެސްސީ (ސްޕާޓަންސް) އާއި ޑީޖީޑީ ވާދަކުރި މެޗު ފަސޭހަކަމާއެކު 12-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ސްޕާޓަންސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
26 Jul 2025
ތަފާތުބޮޑު ނަތީޖާއަކުން ޔަންގް ޑީޖީޑީ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމު ސެމީގެ ފުރުސަތު ބޮޑުކޮށްފި
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 22-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔަންގް ޑީޖީޑީ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން ވަނީ މުބާރާތުގެ ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފައެވެ.
25 Jul 2025
ޒާހިލްގެ 12 ލަނޑާއެކު ޑީސީ އިން ޑީޖީޑީ ކޮޅަށް 17 ލަނޑު ޖަހައިފި
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޑީސީ އާއި ޑީޖީޑީ ވާދަކުރި މެޗު ފަސޭހަކަމާއެކު 17-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޑީސީ އިން ފެންވަރު ދައްކާލައިފިއެވެ.