ސްޕާޓަންސް އާއި ޑީޖީޑީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާންގްރަފީ
ކުޅިވަރު
26 Jul 2025 | 20:13
މަޖީދުގެ މޮޅު ކުޅުމާއެކު ޑީޖީޑީ އަތުން އެސްޕީއެސްސީއަށް ފަސޭހަ މޮޅެއް

މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެސްޕީއެސްސީ (ސްޕާޓަންސް) އާއި ޑީޖީޑީ ވާދަކުރި މެޗު ފަސޭހަކަމާއެކު 12-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ސްޕާޓަންސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

މުބާރާތުގައި ސްޕާޓަންސް ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ފްލަޔާސް ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޑީޖީޑީގެ ފުރަތަމަ މެޗުގައި ޑީސީ އަތުން 17-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މުޅި މެޗުގައި ވެސް މޮޅަށްކުޅެ ސްޕާޓަންސް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ސްޕާޓަންސް ކުރީގަައި އޮވެގެންމެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕާޓަންސް އާއި ޑީޖީޑީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާންގްރަފީ

އެގޮތުން މިމެޗުގައި ސްޕާޓަންސްގެ އަހުމަދު މާޖިދު ފަސް ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ މުހައްމަދު އައުޝަމް އާތިފް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހުސެއިން މިދުހަތު، އަހުމަދު ފާރިޝް، އަބާން މުހައްމަދު، އަހުމަދު މާޖިދު އަދި ޖައިލަމް ޖަމީލް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕާޓަންސްގެ އަހުމަދު މާޖިދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ސްޕާޓަންސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑީޖީޑީ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސްޕާޓަންސްގެ އަހުމަދު މާޖިދު..ފޮޓޯ: މާންގްރަފީ

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 31 އަދި އޮގަސްޓް އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ތިންވަނަ ދުވަހު އެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ. 

މުބާރާތުގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި މީޑިއާ ޕާޓްނަރު ވޮއިސް ސްޕޯޓްސް، ޓްރަވަލް ޕާޓްނަރ މައިދޫ ސްޕީޑްސް އަދި ބޭވަރެޖް ޕާޓްނަރު ލަކީ ވޭ، ފޮޓޯގްރަފީ ޕާޓްނަރު މާން ގްރަފީ، ކިޓް ޕާޓްނަރު ބެންބޫ އަދި ޕްރިންޓިންގ ޕާޓްނަރަކަށް ރެޑް ކްރިއޭޓިވް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި އެމްޖީ ސްޕޯޓްސް އެކަޑަމީ ހިމަނާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ފަންގި އިންވެސްޓްމަންޓް، ޑައިމަންޑް ރޫޓް، ކެފޭ ދި ބޮޑުގެ، އީއެކްސްއީ ޝޮޕްގެ އިތުރުން ކުދިރަތްމާ ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.