އަހްމަދު ޝަކީބު
ސިޔާސީ، ޖިއޮޕޮލިޓިސް އެނަލިސްޓް
އަހްމަދު ޝަކީބު
11 Sep 2023
ޤާސިމް އިބްރާހީމަކީ ފީ އިލޮއްޓެއްކަމަށް ދެކެވަޑައިގަތުމަކީ މޮޔަ ވިސްނުމެއް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފަށަން ޕާޓީތަކަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ރޭ ހުޅުއްވާލައްވާފައިވާ އަތްޕުޅެއް ދިއްކޮއްލައްވާފައިވަނިކޮށް މިއަދު މީޑިއާތަކުން އިވެމުން މިދަނީ ޖުމްހޫރީ ޕާޓީ،
06 Sep 2023
ނަންވާނީ މައުމޫން، ކުރަނީ އެއްކަމެއް، ކަޑަޖަހަނީ
މިދުވަސްކޮޅު ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ބަނދަރުހެދުމާއި ބިން ހިއްކުމާއި މަގުހެދުންފަދަ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީއާއި ހަވާލުކުރަމުންދާ ކޮންޓްރެކްޓްތަކުގެ އަދަދު ގިނަކަމުން މީހުން ހައިރާންވެދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޯގަތެރިކަމާއި ހިންގުންތެރިކަން ހުރިވަރު ދައްކައިދޭ ކަމެއްކަމަށް އެއްބަޔަކު ކިޔާފާނެއެވެ.
01 Sep 2023
ރިޔާސީ ބަހުސް ނުބާއްވައި ރައީސް ސާލިހް ބަލިވެވަޑައިގަތީހެއްޔެވެ؟
ރިޔާސީ ބަހުސް ނުބާއްވައި ރައީސް ސާލިހް ބަލިވެވަޑައިގަތީހެއްޔެވެ؟
24 Jul 2023
އައްޑޫ ކައިރީގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ހަގުރާމަކޮށް މިނިމުނީއެވެ.
އިޓްލޮސްއިން ދިވެހި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުން ފުށުއަރާ ސަރަހައްދީ އިންކަމަށް ކަނޑައަޅައި ދެގައުމަށް ފުށުއަރާ ސަރަހައްދު ބަހަން ނިންމުމުން އަޅުގަނޑުމެންގެތެރެއިން އެއްބަޔަކު އެކަމާ އުފާކޮށް ސަރުކާރަށް ތާރީފްކުރަމުންދާއިރު އަނެއްބަޔަކު ރުޅިއައިސްގެން ސަރުކާރަށް އެއްޗެހި ގޮވަމުންދާ މައްސަލަ މިއަހަރު ސެޕްޓެންބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ވަރުގަދަ މައްސަލައަށް ވެގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
02 Nov 2022
ޗާގޯސްގެ ވަޒަންވެރިންނަކީ މޮރިޝަސް މީހުންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ އާ އަޅުވެތިކުރުވުމެއް
ޗާގޯސް އައިލެންޑު މައްސަލާގައި ދިވެހި ސަރުކާރުން ގިނަ އަހަރު ތަކެއް ވަންދެން ދަމަހައްޓަމުން އައި ސްޓޭންޑް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބަދަލުކުރުމުގެ މައްސަލާގައި ސަރުކާރަށް ދަނީ ވަރަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތިވަމުންނެވެ. މިއީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ހަމަ އެންމެ ދުވަހެއްގެ ތެރޭގައި 90 ޑިގްރީއަށް އަނބުރުވާލުން ފަދަ ބޮޑު ބަދަލެއްގެ ގޮތުގައި ސިފަ ކުރެވެއެވެ. ދިވެހި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އެގައުމަށް ދޫކޮށްލަން އދގައި މޮރިޝަސްގެ ކޮޅަށް ވޯޓް ދިނުމެވެ.