ރައީސް ޞާލިހް
01 Sep 2023 | 11:37
ރިޔާސީ ބަހުސް ނުބާއްވައި ރައީސް ސާލިހް ބަލިވެވަޑައިގަތީހެއްޔެވެ؟

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރެޒިޑެންޝަލް ޑިބޭޓް ( ރިޔާސީ ބަހުސް) ބާއްވަން ކަނޑައެޅިފައިވާ ތާރީޚް އެންމެ ދެ ދުވަހަށް ގާތްވެފައިވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ބަހުސުން ވަކިވެވަޑައިގަތުމާއެކު ބަހުސް ކެންސަލް ކުރުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ސާލިހަށް ކުރިމަތިވެވަޑައިގަތެވެ. ބަހުސް ކެންސަލް ކުރިކަން އިއުލާންކުރީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވިފަހުން ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ރިޔާސީ ބަހުސް ބާއްވަމުންގެންދާ ދައުލަތުގެ މީޑިއާ ޕީއެސްއެމުންނެވެ.

މިއަހަރުގެ ރިޔާސީ ބަހުސް ބާއްވަން ހަމަޖެހިފައިވާކަމަށް އިންތިޚާބަށް އިއުލާންކުރުމުގެ މާކުރިން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ޕީއެސްއެމުން އިއުލާން ކުރިކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ޕީއެސްއެމުގެ އިސްވެރިޔަކު ވިދާޅުވިގޮތުގައި އެބައްދަލުވުމުގައި އެމްޑީޕީގެ ސީނިއަރ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެބައްދަލުވުމުގައި ޕީއެސްއެމުން ރިޔާސީ އިންތިޚާބަށް ރާވާފައިވާ ޚާއްސަ ޕްރޮގްރާމްތައް ޕާޓީތަކާއެކު ހިއްސާކުރުމުން ހުރިހައި ޕާޓީތަކުންވެސް އެޕްރޮގްރާމްތަކަށް އެއްބަސްވިއެވެ.

ޕްރޮގްރާމްތަކުގެ ޝެޑިއުލް ވަރަކަށް ކުރިއްސުރެ ޕާޓީތަކާއެކު އޮތީ ހިއްސާކޮށްފައިކަން ވޮއިސްއިން ބެލިބެލުންތަކުން އެނގެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ ބަހުސް ދޫކޮށްލެއްވުމުގެ ކުރިން ސާލިހްގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ އެކިފަހަރު އެކިގޮތަށް ބަހުސާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

ބަހުސްގައި ރައީސް ބައިވެރިވެވަޑައިނުގަންނަވާނެކަން މާރިޔާ ވިދާޅުވެގެން ކިޔުނު ފާޑުކިޔުންތަކަށްފަހު އަލުން ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ބާއްވާތީ އެއީ އިލްމީ ޑިބޭޓެއް ކަމަށް މާރިޔާ ގަބޫލު ކުރެއްވިއެވެ.

ބަހުސުން ވަކިވެވަޑައިގަތީ ކީއްވެ؟

ކޮންމެއަކަސް ރައީސް ސާލިހް ރިޔާސީ ބަހުސުން ވަކިވެވަޑައިގަތުމުން ދެކަމެއް ދައްކައި ދެއެވެ. އެއް ކަމަކީ އިންތިޚާބުގެ ކެމްޕޭން މިހާ ހިސާބަށްދިޔައިރު އެންމެ ވާދަވެރި އިދިކޮޅު ކެންޑިޑޭޓް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑޮކްޓަރ މުއިއްޒުގެ މައްޗަށް ސޮލިޑް ލީޑެއް ނަންގަވައިގެން ޕޮޒިޝަން ވަރުގަދަވެފައި ނެތްކަމެވެ. އެފަދަ މަގާމެއްގައި ހުންނެވިނަމަ ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ގައުމީ ޑިބޭޓަކުން ވަކިވެވަޑައިނުގަންނަވާނެއެވެ.

ދެވަނަ ކަމަކީ މާރިޔާ ސިފަކުރެއްވި އިލްމީ ޑިބޭޓެއްގައި ވާދަކުރައްވަން އަމިއްލަފުޅު ނަފްސަށް އިތުބާރު ނުކުރެއްވެވުމެވެ. އިލްމީ ޑިބޭޓަކަށް ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަން ފަސްޖެހި ވަޑައިގަތުމެވެ. އެކަމަކު ރައީސް ސާލިހް ފަސްޖެހިވަޑައިގަންނަވަންވީ ކޮންކަމަކާތޯއެވެ.

މިދިޔަ ރިޔާސީ ބަހުސްގައި ރައީސް ޔާމީނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންވެސް ބައިވެރިވެވަޑައިނުގަތެވެ. މިފަހަރު ބަހުސް އިންތިޒާމު ކުރަމުންދިޔައީ ކުރިއާ ތަފާތުކޮށް އެމަނިކުފާނުގެ ފުރިހަމަކޮންޓްރޯލް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މައްޗަށް އޮވެގެންނެވެ. ބަހުސްގެ ސުވާލުތައް ދިރާސާކުރައްވައިގެން ތައްޔާރުކުރި ޔުނިވަރސިޓީގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ އެމަނިކުފާނުގެ ޕާޓީގެ މާޒީއެއް އޮތް ބޭފުޅުން ކޮޅެކެވެ.

މިދިޔަ ރިޔާސީ ބަހުސްގައި ރައީސް ޔާމީނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންވެސް ބައިވެރިވެވަޑައިނުގަތެވެ

މާރިޔާގެ ވާހަކަފުޅުތަކުން ޔުނިވަރސިޓީއާއި އެމްޑީޕީން ގުޅާފައިވާކަން އެނގެއެވެ. ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ބަހުސް ފަސްކުރަން ޔުނިވަރސިޓީއާއި މަޝްވަރާ ކުރަމުންގޮސްފައިވާ ކަމަށެވެ. އެކަމަކު ބަހުސް ފަސްކުރުމަކީ ޔުނިވަރސިޓީގެ މޭންޑޭޓުގެތެރޭގައި ހިމެނޭ ކަމަކަށް ނުވާއިރު އެކަމުގައި ޔުނިވަރސިޓީއާ ކުރަންޖެހޭ މަޝްވަރާއެއް އޮތްކަމަކަށް ނުފެނެއެވެ. ދެން އެހެންވެއްޖިއްޔާ ކޮންމަޝްވަރާއެއް ހެއްޔެވެ. ސުވާލުތަކާބެހޭ މައުލޫމާތު ހޯދުން ހެއްޔެވެ. ޔުނިވަރސިޓީން ކުރަމުންދިޔަކަމަކީ ސުވާލުތައް ހެދުންކަމަށްވާއިރު ޔުނިވަރސިޓީއާ މަޝްވަރާ ކުރަމުންދާކަމަށް ބުނުން އެއީ އެއްގޮތަކުން ޔުނިވަރސިޓީގެ ކްރެޑިބިލިޓީ ވައްޓައިލުމެވެ. ބަހުސުން ވަކިވެވަޑައިގަތީ ސުވާލުތައްދޭން ޔުނިވަރސިޓީން ދެކޮޅު ހެދުމުންނެވެ. ދޭހަވަނީ މިގޮތަށެވެ.

ބަހުސްތެރޭގައި ރައީސަށް އުނދަގޫފުޅުވާނެ ކަމަކަށްވާނީ ޗާގޯސްގެ މައްސަލާގައި ސުވާލުތަކެއް ކުރިމަތިވެއްޖެނަމައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ކުރިމަތިވެދާނެ ސުވާލުތަކަކަށެވެ. ދަރަންޏާހެދި އަވަށްޓެރި ސްރީލަންކާއަށް ވެގެންދިޔަ ގޮތާއި އެއަށްވުރެ ކުޑަތަންކޮޅެއް ދުރުން ޕާކިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ އަލީގައި ދިވެހިގައުމު ވެއްޓެމުންދާ ފުންވަޅުގަނޑުގެ ވާހަކަތަކުން ސުވާލުތަކެއް ކުރިމަތިވެދާނެތީއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުސް: އެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވި -- ފޮޓޯ: މިނިސްޓްރީ އޮފް ލީގަލް ރިފޯމް

މިކަންކަމަކީ އިދިކޮޅު ކެންޑިޑޭޓުން ރައީސް ސާލިހަށް ވަރަށް މަތީދަރަޖައަކަށް ފާޑުކިޔައި ކެމްޕޭން ހައިޕެއް ޕަބްލިކްގައި އުފައްދާފައި ހުރި މައްސަލަތަކެކެވެ. މިމައްސަލަތަކާމެދު ސުވާލުތަކެއް އުފައްދަފާނެ ފޯރަމެއްގައި ރައީސް މިހާތަނަށް ބައިވެރިވެވަޑައިނުގަންނަވައެވެ. 

ނޫސްވެރިންނާވެސް ވަރަށް މަދުފަހަރެއްގައިނޫނީ ބައްދަލެއް ނުކުރައްވައެވެ. އިންތިޚާބު މިހާ ކައިރިވެފައިވަނިކޮށް ވާދަވެރި ކެންޑިޑޭޓުންނާއެކު އިލްމީ ގައުމީ ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ކުރިމަތިލައްވަން ޖެހިވަޑައިގެން ވާނެ ގޮތް އަންދާޒާ ކޮށްލެވެއެވެ. ބަހަނާއެއް ދައްކަވާފައި ބަހުސްން ވަކިވެވަޑައިގަތުމުން ލިބިވަޑައިގަންނަވާނެ ޑެމޭޖަށްވުރެ ބޮޑު ޑެމޭޖެއް ބަހުސުން ކުރިމަތިވެވަޑައިގެންފާނެއެވެ.

ކާނިވާ ސަރަހައްދުގައި ޕާޓީގެ ބޮޑުޖަލްސާއެއް ބާއްވަން ސިޓީ ފޮނުވުމުގެމާކުރިން ގައުމީ ޑިބޭޓް އޮތީ ތާވަލް ކުރެވިފައެވެ. ރިޔާސީ ބަހުސާގުޅޭގޮތުން ޕީއެސްއެމުން އަމަލުކުރީ ވަރަށް ދެކޮޅު ނުޖެހޭ ހެއްވާގޮތަކަށެވެ. ޕީއެސްއެމްގެ އެޗްއޯޑީއަކު ވިދާޅުވިގޮތުގައި ބަހުސް ކެންސަލްކުރަން ބޭނުންވާކަން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އެޗްއޯޑީގެ ބައްދަލުވުމުގައި ވިދާޅުވުމުން ހުރިހައި އެޗްއޯޑީން އިދިކޮޅު ހެދިއެވެ. އެމީހުންގެ ދެކޮޅު ހެދުމަށް ބެލުމެއްނެތި ދެން އަލީ ޚާލިދު ނިންމި އަނެއް ނިންމުމަކީ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ސަންގު ޓީވީއާ ޕާޓްނަރ ވެގެން ބަހުސް ގެންދިޔުމެވެ. މައުލޫމާތު ދެއްވި އެޗްއޯޑީ ވިދާޅުވީ ސަންގު ޓީވީގައި ބަހުސް ބޭއްވޭނެފަދަ ގާބިލްކަމެއް ނެތުމުން ޕީއެސްއެމުގެ މުވައްޒަފުންނާއި ޓެކްނިކަލް ސާމާނު ސަންގު ޓީވީއަށް ހަމަޖައްސައިގެން އެކަން ކުރަން ނިންމިއެވެ.

ކޮންމެއަކަސް ކެންސަލް ކުރި ރިޔާސީ ބަހުސުން ފެނިގެންދިޔައީ ބަހުސް ނުބާއްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރައްޔިތުންގެ ކުރިމަތީގައި ބަލިވެވަޑައިގެންފިކަމެކެވެ. ޕަބްލިކް ސެންޓިމެންޓް އުފެދިފައިހުރީ އެގޮތަށެވެ. އެމަނިކުފާނުގެ މިސާލަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެޕަލްކުންފުނިކަމަށް ސިފަކުރައްވަނީ އަމިއްލަފުޅަށެވެ. ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް ކުރިން އިއުލާންކުރުމުން އުފާވެ ހިއްވަރު ލިބިފައިވާ ޕާޓީގެ ސަޕޯޓަރުންނަށް ލިބިފައިވަނީ މާޔޫސްކަމާއި ލަދުވެތިކަމެކެވެ. ޕާޓީގެ ބޮޑު ޖަލްސާއަކާއި ރިޔާސީ ބަހުސާއި އަޅުވައިހެދުމަކީ ބަހަނާއެއްކަން އެންމެންނަށްވެސް އެނގެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.