ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ހަބަރު
11 Sep 2023 | 15:09
ޤާސިމް އިބްރާހީމަކީ ފީ އިލޮއްޓެއްކަމަށް ދެކެވަޑައިގަތުމަކީ މޮޔަ ވިސްނުމެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފަށަން ޕާޓީތަކަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ރޭ ހުޅުއްވާލައްވާފައިވާ އަތްޕުޅެއް ދިއްކޮއްލައްވާފައިވަނިކޮށް މިއަދު މީޑިއާތަކުން އިވެމުން މިދަނީ ޖުމްހޫރީ ޕާޓީ، މުއިއްޒުގެ ކޯލިޝަން ތެރެއަށް ނުގެންނެވުމަށް ޖަލުގައި ހުންނެވި ރައީސް ޔާމީންގެ އިރުޝާދެއްވައިފިކަމަށް ބުނާ ވާހަކަ ތަކެކެވެ.

މިވާހަކަތަކެއް ޕީޕީއެމް ޕީއެންސީއަކުން އަދި ދޮގެއް ނުކުރެއެވެ. މިއީ ތެދު ޚަބަރަކަށްވާނަމަ މިއީ ޑޮކްޓަރ މުއިއްޒުގެ ކެމްޕެއިން ލީޑަރުން ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެކެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ރައީސް ޔާމީނާ ދެބޭފުޅުންނަކީ ވަރަށް ކުރިއްސުރެ ސިޔާސީ ވަރަށް ބޮޑު ވާދަވެރި ދެބޭފުޅުންނެވެ. އެއް ބޭފުޅެއްގެ މައްޗަށް ކުރި ހޯއްދެވުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރައްވައި ބަހުގެ ހަމަލާތައް ދެއްވުމަކީ ކުރައްވާފައިވާ ކަންކަމެވެ. އެކަމަކު މިހާތަނަށް ޤާސިމް އިބްރާހީމް ނިކަމެތި ކޮށްލެއްވުމަށް ނުވަތަ އަގެއް ނެތް ބޭފުޅެއްކަމަށް ދެއްކެވުމަށް ކުރައްވާފައިވާ ކޮންމެ ކަމަކުން ނަތީޖާ ނުކުމެފައި ހުންނަނީ ދިމާ އިދިކޮޅަށެވެ.

ރައީސް ޔާމީން އަދި ޤާސިމް އިބްރަހިމް

2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހުނީވެސް އެހެންވެގެންނެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމިގެންދިޔައިރު މައުމޫނަށް ލިބިވަޑައިގެންފައިވާ 40 އިންސައްތަ ވޯޓާއެކު ގިނިކަންޏާ ނުކުމެވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވިދާނެކަމަށް މައުމޫން ހީފުޅު ކުރެއްވިއެވެ. އެ ކަލްކިއުލޭޝަން ހެއްދެވި އެއްބޭފުޅަކީ ޔާމީނެވެ.

ކޯލިޝަން ހައްދަވައިގެން މައުމޫނާއި ބައިވެރިވެވަޑައިގެންނެވުމަށް ޤާސިމް ޝައުގުވެރިކަން ފާޅުކުރެއްވުމުންވެސް ކޯލިޝަން ހައްދަވައިގެން ޤާސިމް ގެންނަވާކަށް މައުމޫން ބޭނުންފުޅެއް ނުވިއެވެ. އެއަށްވުރެ ހޯއްދަވަން އޮތް ދިހަ ޕަސެންޓާމެދު މައުމޫނަށާއި އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ލިބިވަޑައިގެންފައި އޮތް ޔަގީންކަން ބޮޑުވިއެވެ. އެކަމަކު އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއިން މައުމޫނަށް ކީރިތިފުޅު ކުރެއްވުނީއެވެ.

ރައީސް މައުމޫން، އަދާލަތް ޕާޓީ ރައީސް އިމްރާން އަބްދުﷲ އަދި ރައީސް ނަޝީދާއެކު ޤާސިމް އިބްރާހިމް

ދެން އައީ 2013 ވަނަ އަހަރުގެ އިންތިޚާބެވެ. އެއިންތިޚާބުގައި މުހައްމަދު ނަޝީދު އެއްވަނައަށް އެންމެ ގިނަ ވޯޓް ހޯއްދަވާފައިވަނީ މިއަދު ޑޮކްޓަރ މުއިއްޒަށް ލިބިވަޑައިގެންފައިވާ ހަމަ 46 އިންސައްތައެވެ. ޔާމީނަށް ދެވަނަ ލިބިވަޑައިގެންފައިވަނީ އިންތިޚާބު ކާމިޔާބު ކުރެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތިއެވެ. އެކަމަކު އެކި ފަރާތްތަކުން ކުރި ޕްރެޝަރާއި މައުމޫންގެ އާދޭސް ދެންނެވުންތަކުގައި ޤާސިމް އިބްރާހީމް މަޖްބޫރީ ހާލަތަކަށް ވެށްޓިވަޑައިގެން ސިޔާސީ ދެކޮޅުވެރިކަން ދޫކޮށްލައްވާފައި ޔާމީންގެ އަތްޕުޅުގައި ހިއްޕެވުމުން މިއަދު ސިޔާސީގޮތުން ރައީސް ޔާމީން ހުންނެވި މަގާމަށް އުފުލިގެންދިޔުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައެވެ.

ދެން އައީ 2018 ގެ ރިޔާސީ އިންތިޚާބެވެ. ރައީސް ޔާމީން ހުންނެވީ ތަރައްގީގެ ވަރަށް ގިނަ ކަންކަން ފުރިހަމަކޮށްދެއްވާފައި ވަރަށް ގިނަ ބައެއްގެ ތާއީދު ހޯއްދަވައިގެން ކަމަށް ބެލެވުނެވެ. ޤާސިމް ހުންނެވީ އަރުވާލެވިފައެވެ. އެދަނޑިވަޅުގައިވެސް ޔާމީންގެ އަތްޕުޅުގައި ހިއްޕެވުމަށް ޤާސިމް އަތްޕުޅު ދިއްކޮށްލެއްވިއެވެ. ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވިގޮތުގައި ސީދާ ޔާމީނާއި ގާސިމް ވާހަކަފުޅު ދެއްކެވިއެވެ. ޔާމީނަށް ތަސައްވުރުކުރެއްވުނީ ޤާސިމާ ނުލައި އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އެކަމަކު އެއިންތިޚާބުންވެސް ނާކާމިޔާބުވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދާއެކު ޤާސިމް އިބްރާހިމް

މިއަދު އަނެއްކާވެސް މިފެންނަނީ މަންޒަރެކެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަކަށް ބަލާއިރު ޤާސިމް އިބްރާހީމް ހުންނެވީ ކޯލިޝަން ހެއްދެވުމުގެ ބާރުވެރިކަން އޮތް ހިސާބެއްގައެއް ނޫނެވެ. އުމަރު ނަސީރަށްވުރެވެސް ފަހަތުގައެވެ. އަތްޕުޅުގައި އޮތީ އެންމެ ހަތަރު ވަރަކަށް ހާސް މީހުންގެ ވޯޓެވެ. އެކަމަކު މިނަތީޖާއަކީ ގާސިމް ޖަޖްކުރުމުގެ ހިސާބަކަށް ހައްދަވައިގެން އަޅައި ނުލައި ދޫކޮށްލެއްވުމަކީ ސިޔާސީ ގޮތުން ތަސައްރުފު ނުފުދުމޭ ވޭތުވެދިޔަ މާޒީން ބަލައިގެން ބުނެވިދާނެއެވެ.

ޤާސިމް އިބްރާހީމަކީ ޤާސިމް އިބްރާހީމެވެ. ދިވެހި ރާއްޖޭގައި މިއަދު ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު، ކުޅި ހިނގާ މަގު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ އެއް ލީޑަރެވެ. އެމަނިކުފާނަކީ ފީ އިލޮއްޓެއްކަމަށް ދެކެވަޑައިގަތުމަކީ ސިޔާސީ ގޮތުން އަޅުއްވާނެ އެންމެ ބޮޑު ގޯސް ފިޔަވަޅު ކަމަށް ބުނެވިދާނެއެވެ. ރިޔާސީ އިންތީޚާބުގައި މިހާރު އޮތް ޕޮޒިޝަން ނޫން ޕޮޒިޝަނަކަށް ވަޑައިގަންނަވަން ގާސިމް ބޭނުންފުޅުވިނަމަ އަމިއްލަ އަތްޕުޅުން ޚަރަދު ކުރައްވައިގެން އޭނާ އެކަން ހާސިލު ކުރެއްވީހެވެ.

ޤާސިމް އަރިހުގައި ރަށްރަށަށް ކެމްޕެއިނަށް ވަޑައިގެންވި ބޭފުޅުންގެ ޝަކުވާއަކީ ވޯޓް ހޯއްދަވަން ޤާސިމް ނޫޅުއްވި ކަމެވެ. އިންތިޚާބުގެ ދެވަނަ ބުރުގއި އަމިއްލަ އަތްޕުޅުން ޚަރަދު ކުރައްވައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕެއިންގައި ގާސިމް ބައިވެރިވެވަޑައިގެންފިނަމަ ކަށަވަރުންވެސް ސާލިހަށް ލިބިވަޑައިގަންނަވާ ވޯޓްގެ އަދަދު އިތުރުވެގެންދާނެއެވެ.

އެހެންވީމާ ރިޔާސީ އިންތިޚާބެއްގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ނިކަމެތި ކުރައްވައި އެއްވެސް ބާރެއް ނެތް ބޭފުޅެއް ކަމަށް ދެކެވަޑައިގަތުމަކީ މޮޔަފުޅު ވިސްނުންފުޅެއްކަމުގައި ނޫނީނުވާނެއެވެ. ރާއްޖޭގެ މިފަހުގެ ސިޔާސީ ތާރީޚް މުޅިންވެސް ދައްކާފައިވަނީ މިމަންޒަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.