އައްޑޫ ކައިރީގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ހަގުރާމަކޮށް މިނިމުނީއެވެ.
ރިޕޯޓް
24 Jul 2023 | 13:05
އައްޑޫ ކައިރީގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ހަގުރާމަކޮށް މިނިމުނީއެވެ.
24 Jul - 06:16

އިޓްލޮސްއިން ދިވެހި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުން ފުށުއަރާ ސަރަހައްދީ އިންކަމަށް ކަނޑައަޅައި ދެގައުމަށް ފުށުއަރާ ސަރަހައްދު ބަހަން ނިންމުމުން އަޅުގަނޑުމެންގެތެރެއިން އެއްބަޔަކު އެކަމާ އުފާކޮށް ސަރުކާރަށް ތާރީފްކުރަމުންދާއިރު އަނެއްބަޔަކު ރުޅިއައިސްގެން ސަރުކާރަށް އެއްޗެހި ގޮވަމުންދާ މައްސަލަ މިއަހަރު ސެޕްޓެންބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ވަރުގަދަ މައްސަލައަށް ވެގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

މިފަހަރުގެ އެއް ޝިއާރަކަށް ވެގެންދާނީ މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއަރޕޯޓް ޖީއެމްއާރަށް ދީގެން އެތަން ހޯދުމަށް ދިވެހިން ހިންގި ކެންޕެއިންގައި ބޭނުންކުރި '' ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް'' ފަދައިން '' ދިވެހިންގެ ކަނޑު ދިވެހިންނަށް '' ކަހަލަ ޝިއާރެކެވެ.

މިޝިއާރު ވައިގައި ނުހިފަންވީ ސަބަބެއް ނެތެވެ. ގެއްލިގެންދިޔައީ ދިވެހި ރާއްޖޭގެ ސަރަހައްދުން ބައެއްކަމުގައިވާނަމަ ދިވެހި އުއްމަތް، މިދިވެހި ފަސްގަނޑު އަބަދަށް އެކަމާ ހިތާމަކޮށް ކަރުނަ އޮހޮރާނެއެވެ. ގައުމެއްގެ އިމުން އެންމެ އިންޗިއެއްވެސް ބީވިޔަނުދިނުމަށް ހަނގުރާމަކޮށް އުފަން ފަސްގަނޑަށް ލޭ އޮހުރުވަމުންދަނީ ކިތައްކިތައް ގައުމުންކަން ފެންނަމުންދެއެވެ.

ތަރީޚަށް ނަޒަރެއް

ޝައްކެއްވެސް ނެތި ދިވެހި ރާއްޖޭގެ ބައެއް ކަމަށް ދިވެހިން މިހާތަނަށް ބަގޫލުކޮށްގެން ތިބި ބައެއް ދިވެހި ގައުމުން ބީވެގެން ހިނގައްޖެއެވެ. ދިވެހި ރާއްޖޭގެ ކަނޑުގެ ގާނޫނުން ކަނޑައަޅާފައި އޮތް ދިވެހިންގެ އިމުން ބަޔެއް ދިވެހި ރާއްޖެއިން ވަކިވެގެންދިޔައީއެވެ. ދިވެހި ރާއްޖެއިން އެއީ ދިވެހި ރާއްޖޭގެ އިންކަމަށް ކަނޑައަޅައި ނިންމިއިރު އެއީ މޮރިޝަސްއަކުން ދައުވާކުރި ތަނެއް ނޫނެވެ. އެއްވެސް ގައުމަކުން އެއީ ދިވެހި ރާއްޖޭގެ އިންކަމާމެދު އިންކާރެއް ނުކުރެއެވެ.

ޗާގޯސް ރަށްތަކުގެ ތާރީޚާބެހޭގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ހެނެއް ހިޔެއް ނުވެއެވެ. ދިވެހި ރާއްޖެ މީގެ 700 އަހަރު ކުރިން ވެރިކަން ކުރާ ގައުމެއްގެ ގޮތުގައި އޮތްއިރު ޗާގޯސްގެ ރަށްތަކާއި ރިޔުނިއަންއާއި މޮރިޝަސްއޭ މިއަދު ކިޔާރަށްތަކަކީ މީހުން ދިރިނޫޅޭ ފަޅުތަންތަނެވެ. އެފަޅުރަށްތަކުގައި އެއްދުވަސްވަރެއްގައި ޕޯޗްގީޒުން އުޅުމާއި އޭގެފަހުން ފަރަންސޭސިން ތިބުމާއި އަދި ފަރަންސޭސިންނަށްފަހު އެތަން މިހާތަނަށް އޮންނަމުން އައިސްފައިވަނީ އިންޑިއާކަނޑުގައި އޮންނަ އިނގިރޭސި ދައުލަތުގެ ތަނެއްގެ ގޮތުގައެވެ.

ޗާގޯސްއަކީ މޮރިޝަސް ތަނެއްކަމަށް ދައުވާކުރިޔަސް އެތަނަކީ މޮރިޝަސްތަނެއްކަމަށް އިނގިރޭސިން ގަބޫލެއް ނުކުރެއެވެ. 2019 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ( ޔޫރޯ ނިއުސް އާރޓިކަލް ) މޮރިޝަސްގެ ދައުވާއަށް އިންކާރު ކުރަމުން ބުނެފައިވަނީ ޗާގޯސްގެ ރަށްތަކަކީ 1814 ވަނަ އަހަރުން ފެށިގެންވެސް އިނގިރޭސިންގެ ސިޔާދަތީ ބާރުގެ ދަށުގައި އޮންނަމުން އައިސްފައިވާ ތަނެއްކަމަށެވެ.

ޗާގޯސްގެ ރަށްތަކަކީ އިނގިރޭސިން އެރަށްތަކަށް ވެރިވެގަތުމާހަމައަށްވެސް މޮރޮޝަސްކިޔާ ދައުލަތެއްގެ ބާރުގެ ދަށުގައ އޮތް ތަނެއް ނޫނެވެ.

ދިވެހި ޚާރިޖިއްޔާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ވަރަށް އިސް ދައުރެއް އަދާކުރެއްވުމަށްފަހު ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅަކު ވިދާޅުވިގޮތުގައި އިނގިރޭސިންގެ ތަނެއްގެ ގޮތުގައި އެތައް ޒަމާނަކުއްސުރެ އޮންނަ ތަނަކަށް ޗާގޯސްވުމުން ދިވެހި ސަރުކާރުން އެރަށްތަކަށް ދައުވާކުރުމުގެ ބަދަލުގައި ބެލީ އިނގިރޭސިންނާ މަޝްވަރާކޮށްގެން ދެކުނުން ދިވެހި ރާއްޖޭގެ ސަރަހައްދީ އިން 200 މޭލަށް ދަމައިގެން ތިބުމަށެވެ. އެކަންކުރީ އދގެ ކޮންވެންޝަންތަކާއި ކަނޑުގެ ގާނޫންތަކުގެ މައްޗަށް ބިނާކޮށް ދިވެހި ރާއްޖެއިން ހަދައި 1996 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫންގެ ދަށުންނެވެ. ސަރަހައްދީ އިމުގެ މައްސަލާގައި ދިވެހި ދައުލަތުން މުއާމަލާތު ކުރަންޖެހޭނީ ފުށުއަރާ ސަރަހައްދެއް އޮތްނަމަ އެގައުމަކާއެވެ. އެކަންއޮތީ އިންޑިއާއާއި ސްރީލަންކާއާއެކު ކޮށްނިންމާފައެވެ. މޮރިޝަސްއާ އެކީގައި ސަރަހައްދީ އިމުގެ މައްސަލައެއް ނެތުމުން އެގަމާއެކު ކުރަން ޖެހުނު މަޝްވަރާއެއް ނެތެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޑޮކްޓަރ ޝަހީދުގެ ސިޓީ

ޗާގޯސްގެ ސިޔާދަތީ ބާރުތައް އޮތީ އިނގިރޭސި ދައުލަތުގެ ބާރުގެ ދަށުގައި ކަމަށްވުމުން ދިވެހި ދައުލަތުން އިނގިރޭސި ދައުލަތާއި މުއާމަލާތު ކުރުމަށްފަހު ދެކުނުން އިން ކަނޑައަޅައި ދިވެހި ދައުލަތުގެ ސަރަހައްދީ އިމުގެ ގޮތުގައި ނިންމާފައިވަނިކޮށް އިމުގެ މައްސަލައިގެތެރެއަށް މޮރިޝަސް ވެއްދީ 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެން މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޮރިޝަސްއަށް ދަތުރުފުޅުތައް ކުރައްވައި މޮރިޝަސްގެ ވެރިންނާއެކު ދެކެވުނު ވާހަކަތަކަށްފަހު އޭރުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަހްމަދު ޝަހީދު މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީއަކުންނެވެ. އިޓްލޮސްގެ މައްސަލާގައި މިއަދު ޑޮކްޓަރ ޝަހީދުގެ ތާއީދު ސަރުކާރަށް އޮހެމުންދަނީ މިހެންވެގެންނެވެ. އެދުވަސްވަރު އަޅުގަނޑުމެން ހީކުރީ ދިވެހި ސަރުކާރުގެ ވެރިން އެހާވަރުން މޮރިޝަސްއަށްގޮސް އުޅުއްވީ އެތަނުގެ ޓޫރިޒަމާއި އިގްތިސާދު އޮތް ގޮތެއް ބައްލަވަން ނަޝީދު ބޭނުންފުޅުވެގެން ކަމަށެވެ. ޝަހީދުގެ އެސިޓީގައިވާ ނިންމުން ޑޮކްޓަރ މުހައްމަދު ވަހީދުގެ ސަރުކާރުގައި އަނބުރައިގެންނަވައި ޒަމާނުއްސުރެ ދިވެހި ސަރުކާރުން ހިފަހައްޓަމުންދިޔަ ސްޓޭންޑް ހިފަހައްޓަވަމުންދަނިކޮށް އަނެއްކާވެސް އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިސް މޮރިޝަސްއަށް ދަތުރުފުޅުތައް ކުރައްވައި މިފަހަރު މޮރިޝަސްއަށް ސިޓީފުޅެއް ފޮނުއްވައިގެން އުޅުއްވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މީހުންނަށް ނޭގިގެން އުޅެނީ އަދި ޝައްކުގެ ނަޒަރަކުން ބަލަންޖެހުނީ ރާއްޖޭގެ ސިޔާދަތާއި ގުޅޭ ކަމެއްގައި ސިއްރިޔާތުގައި ސިޓީ ފުޅެއް ފޮނުއްވާފައި އޮތުމުންނެވެ.  

މިސިޓީފުޅުގެ ފަހަތުގައިވާ ކަންކަން އަދި ސާފެއް ނުވެއެވެ. ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމީ މަސްލަހަތު ނުލާހިކު ބޮޑަށް ގުޅިފައިވާ މައްސަލައެއްގައި އިސްތިއުމާރް ކުރުމާ ދެކޮޅު ހެދުމުގެ ގޮތުންކަމަށްބުނެ ޗާގޯސްގެ ރަށްރަކަކީ މޮރިޝަސްގެ ރަށްތަކެއްކަމަށް އެއްބަސްވެވަޑައިގެން މިއީ ރައީސުލް ޖުމްހޫރިއްޔާ އަމިއްލައަމިއްލަފުޅަށް ސިޓީފޮނުއްވައި ނިންމާލާވަރަށް ވުރެ ބޮޑުތި ބޮޑެތި ކަންކަމެވެ. ދިވެހި ރާއްޖެއިން އެއްބަސްނުވިނަމަ މައްސަލަޖެހިފައި އޮތްތަނެއްގެ ގޮތުގައި އޮވެދާނެ ނޫންހެއްޔެވެ. ސަރަހައްދީ އިމުގެ މައްސަލަ ޖެހިފައިވާ ކިތަންމެ ގައުމެއް ދުނިޔޭގައި އެބައޮތެވެ. ގައުމެއްގެ އިމުން އެންމެ ބައި އިންޗިއަކާހެދިވެސް އެދަނީ ހަގުރާމައަށެވެ. ދިވެހި ރާއްޖެއާ މޮރިޝަސްއާ ދޭތެރޭ ހަގުރާމަ ހިނގާފާނެ ކަމަށް ހީފުޅުވީކަންނޭނގެއެވެ. އަޅުގަނޑަށް ހިވާގޮތުގައި އައްޑޫކައިރީގައި ވަރުގަދަ ހަނގުރާމައެއް ހިނގާނެކަމަށް ރައީސް މުހައްމަދު ނަޝީދު ޕްރެޑިކްޓް ކުރައްވާފައި އޮތީ މިހަނގުރާމައެވެ. ހަނގުރާމައިގައި ހަތިޔާރަކަށް އެންމެ ކުރެދި ބުރިއެއްވެސް އުފުލާލުމެއްނެތި އަޅުގަނޑުމެން ބަލިވެއްޖެކަމަށް ނުބުނެވޭނެތޯއެވެ.

ޖިއޯ ޕޮލިޓިކްސްއާއި މިމައްސަލަ ގުޅުވާލަން ފަސޭހައީ މޮރިޝަސްގައި އިންޑިއާގެ އަސްކަރީ މަރްކަޒުތަކެއް ހަދާކަމަށް އަލްޖަޒީރާއިން ފާޅުކޮށްފައިވަނިކޮށް އިޓްލޮސްގެ ނިންމުމަށް މޮރިޝަސްގެ ވެރިން އިންޑިއާ ސަރުކާރަށް ޝުކުރުއަދާކޮށް ކޮށްފައިވާ ޓްވީޓްތަކުންނެވެ. އަޅުގަނޑުމެން ޝުކުރު އަދާކުރަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އދގެ އާއްމު މަޖިލީހުގެ ރައީސަކަށް ހޮވައިދިނުމަށް އިންޑިއާއިން އެހީތެރިވެދިނުމުންނެވެ. ޗާގޯސްގެ މައްސަލާގައި މޮރިޝަސްއިން އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ޝުކުރު އަދާކުރަންޖެހޭ އޮންނާނީ ވަކި ކޮންސަބަބެއް ހެއްޔެވެ.

ކޮމެންޓް
ޟަހީދު
މައްސަލައަކައް މިވީ ޗާގޯސް އިން އެއްވެސް ގައުމަކައް ނުވާސަރަހައްދެއް އެމީހުން މަސަތްކަތްކޮއްގެން ދިވެހިން އަޅާނުލާ ތިއްބާ ހޯދުން. ޗާގޯސްގެ މަސަތްކަތުން ހޯދީމަ އެއޮތީ ވަގުތުފާއިތުވެފަ.
24 Jul 2023
ޒަންޖަބީލް
މުހިއްމު ވަނީ ކަނޑެއް ނޫން. މުހިއްމީ ދިރިއުޅޭނެ ތަނެއް އަތްފޯރާ ފަށުގައި އާއްމު ހާލަތުގައި ބޭނުން ކުރާ ތަކެތި.
26 Jul 2023
ޒަންޖަބީލް
މުހިއްމީ މާލެ ފިޔަވާ ދެންތިބި ރަށްތަކަށް ވެސް އެދެވިގެންވާ ސިއްހީ ހިދުމަށް، ފެންވަރު ރަގަޅު ތައުލީމެއް، ހަމަޖެހިގެން ދިރިއުޅެވޭނެ ހެން ރައްޔިތުނަށް ބިންދޫކުރުން، އަދި ފަސޭހަ ގޮތަކަށް ގެއެޅޭނެ އުސޫލެއް.
26 Jul 2023
ޒަންޖަބީލް
ސަރުކާރަށް ފާއިދާ ކުރަނިވި ގޮތަކަށް ރައްޔިތުން ތިއަޅުވެތި ކުރާ ހިޔާ ފުލެޓް ތަކެއް ނޫން.
26 Jul 2023
ގުޅޭ ލިޔުންތައް
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.