ޗާގޯސް
ރިޕޯޓް
02 Nov 2022 | 17:03
ޗާގޯސްގެ ވަޒަންވެރިންނަކީ މޮރިޝަސް މީހުންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ އާ އަޅުވެތިކުރުވުމެއް

ޗާގޯސް އައިލެންޑު މައްސަލާގައި ދިވެހި ސަރުކާރުން ގިނަ އަހަރު ތަކެއް ވަންދެން ދަމަހައްޓަމުން އައި ސްޓޭންޑް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބަދަލުކުރުމުގެ މައްސަލާގައި ސަރުކާރަށް ދަނީ ވަރަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތިވަމުންނެވެ.

މިއީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ހަމަ އެންމެ ދުވަހެއްގެ ތެރޭގައި 90 ޑިގްރީއަށް އަނބުރުވާލުން ފަދަ ބޮޑު ބަދަލެއްގެ ގޮތުގައި ސިފަ ކުރެވެއެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އެގައުމަށް ދޫކޮށްލަން އދގައި މޮރިޝަސްގެ ކޮޅަށް ވޯޓް ދިނުމެވެ.

މިނިންމުމާ ގުޅިގެން ސަރުކާރަށް ފާޑުކިއުންތައް އަމާޒުވާން ފެށުމުން ދިފާއުގައި ބުނަމުންދަނީ މިގޮތަށް ޚާރިޖީ ސިޔާތަށް ބަދަލު ގެނައުމުގެ ފަހަތުގައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރަކީ ގައުމުތައް އަޅުވެތި ކުރުމާއި ދެކޮޅު ސަރުކާރެއްކަން ދުނިޔެއަށް ހާމަކުރުން ކަމަށެވެ.

ސަރުކާރުން މިބުނަނީ ކީކޭ؟

އަޅުވެތި ކުރުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް ސަރުކާރުން މިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ސަރުކާރުގެ ނިންމުމާމެދު ވިސްނާ ތާރީޚީ ނަޒަރަކުން ބަލައިފިނަމަ ދިވެހި ސަރުކާރުން މިކުރިކަމަކީ، އެބުނި ބުނުމާ މުޅިން އިދިކޮޅަށް ބަޔަކު އަޅުވެތި ކުރުމަށް ވޯޓްދިނުމަށް ނުވާނެ ގޮތެއް ނެތެވެ. ސަބަބަކީ އެއް އިރެއްގައިވެސް ފޯޅަވައްސަކީ މޮރިޝަސްގެ ބަޔަކަށް ވެފައި އޮތް ތަނަކަށް ނުވެފައި އެތަނުގެ ވަޒަންވެރިންނަކީ މިނިވަންކަމާއެކު ދިރިއުޅެމުން ދިޔަ ބަޔަކަށްވުމެވެ.

ދިވެހި ރާއްޖެއެއިންވެސް ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅައިގެން އެތަން ހޯދަން ވަކާލާތެއް ނުކުރެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިން އޭޝިޔާގެ ބޮޑު ބައެއް އިސްތިއުމާރުކޮށް އިންޑިއާ ކަނޑުގައި ދިވެހި ރާއްޖެއާއި ފޯޅަވައްސާއި މޮރިޝަސް އިނގިރޭސިންގެ ބާރުގެ ދަށުގައި ގެންގުޅުމުގައިވެސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި  ފޯޅަވަހި ބަލާފައެއް ނުވެއެވެ.

ފޯޅަވައްސަކީ މޮރިޝަސްއާ މާދުރުގައި އޮތް ތަނެކެވެ. އެތަނުގެ ވަޒަންވެރިންނަކީވެސް މޮރިޝަސްގެ ބަޔަކަށް ހެދިގެން އުޅުނު ބައެއް ނޫންކަން އެތަނުގައި ދިރިއުޅުނު ވަޒަންވެރިން ބައިނަލް އަގުވާމީ ކޯޓުތަކުގައި އަމިއްލަ ވަޒަން ހޯދުމަށް ކުރަމުންދާ ދައުވާތަކުން އެގެއެވެ.

ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝްސްގެ ތަނަކަށް ދިވެހި ސަރުކާރުން ތާއީދުކުރމުން އެތަނުގެ އަސްލު ވަޒަންވެރިންގެ ހައްގުތައް ގެއްލުވާލެވުނީއެވެ.

މިއީ 20 ވަނަ ގަރުނުގައި އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަށް އަދި 21  ވަނަ ގަރުނުގައި މޮރިޝަސްގެ އަޅުވެތިކަމުގެ ތެރެއަށް ޗާގޯސްގެ ވަޒަންވެރިން ގެންދިއުމަށް ކުރި ތާއީދަކަށް ނުވާނީ ކޮން ގޮތަކަށްތޯއެވެ. ކުރުކޮށް ދަންނަވާނަމަ ސަރުކާރުގެ ނިންމެވުމަކީ ޗާގޯސްގައި މިނިވަންކަމާއެކު އެތައް ޒަމާނަކަށް އުޅުނު އިންސާނުންތަކެއް އިނގިރޭސި އިސްތިއުމާރުގައި އަޅުންތަކަކަށް ހަދައިގެން މޮރިޝަސްއާއި އެހެން ގައުމުތަކުގެ ރިފިއުޖީންގެ ގޮތުގައި ސަލާން ޖަހަން އެއްލާލާފައި ތިބި ތިބުމުގެ މައްޗަށް އާ އަޅުވެތިކަމުގެ ކަސްތޮޅު ތަކެއް އަޅުވައިލުމެވެ.

ދިވެހި ސަރުކާރުން ތިޔަ ނިންމެވީ ޗާގޯސްގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަކީ އެމީހުންނަށް ނޭގުނަސް މޮރިޝަސް މީހުން ކަމެވެ. ތިޔަގޮތަށް އިންސާނީ ހައްގުތަކެއް ނިގުޅައިގަތުމަށް ތާއީދުކުރުމަށްފަހު އދގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަންގައި އަޑު އުފުލާނީ ކޮން ހައްގެއްގެ ދިފާއުގައިތޯއެވެ.

ޗާގޯސް މޮރިޝަސްއަށްދޭން ތާއީދުކުރުމާއި ޚާރިޖީވަޒީރުގެ ޓާމް ހަމަވުމަކީ އިއްތިފާގެއް؟

ޗާގޯސްގެ މައްސަލާގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމުގައި ދިވެހި ޚާރިޖިއްޔާއިން ރައީސަށް ވަރަށް ފުރިހަމަ އިރުޝާދުތަކެއް ދީފައިވާނެކަން ކަށަވަރެވެ.

އެފަދަ އިރުޝާދެއް ނެތި ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިފަދަ ބޮޑު ނިންމެވުމެއް ނިންމެވުމަކީ އެމަނިކުފާނުގެ މިޒާޖާއި ގުޅޭކަމަކަށް ނުވެއެވެ. ސުވާލަކީ ޚާރިޖިއްޔާއިން ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތަށް މިހާވަރުގެ ބޮޑު ބަދަލެއް ގެންނަން އާބަސް ދެންނެވުމުގައި އޮތް ހަމަ އެކަނި ސަބަބަކީ އަޅުވަތިކަމުން މިންޖު ކުރުންތޯއެވެ.

ފާހަގަކޮށްލަންޖެހޭ މުހިއްމު އެހެން ކަމެއް އެބަ އޮތެވެ. ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރު ސަރުކާރުގެ މިނިންނެވުމާއި އިންޑިއާގެ ނުފޫޒާއި ގުޅުވައެވެ. ކީއްވެގެންތޯއެވެ. އިންޑިއާއިން މިހާރުވެސް މޮރިޝަސްގައި އަސްކަރީ ބޭހެއް ހަދަމުންދާކަމުގެ ރިޕޯޓެއް ގަތަރުގެ އަލްޖަޒީރާއިން މަންޒަރާއެކު މިދިޔަ އަހަރުގެ އޯގަސްޓްމަހު ޕަބްލިޝްކޮށްފައިވެއެވެ. އިންޑިއާގެ މަސްލަހަތުގެ ވާހަކަ މިހިސާބަށް ކުރުކޮށްލަމެވެ. 

ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރު

ރާއްޖޭގެ ޚާރިޖިއްޔާގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓަކީ ޚާރިޖީ ވަޒީރު ޝާހިދެވެ. އެމަނިކުފާނުގެ ބަހެއް ނެތި ރައީސް މޮރިޝަސްގެ ރައީސަށް މިމައްސަލާގައި ސިޓީ ފުޅެއް ފޮނުއްވުމަކީ ވަރަށް ދުރުކަމެކެވެ.

އިންޑިއާގެ ނުފޫޒާއި ގުޅޭގޮތުން ވާހަކަދައްކާއިރު ޚާރިޖީވަޒީރަށްވެސް އިނގިލި ދިއްކުރެއެވެ. ޝާހިދު އދގެ އާއްމު މަޖިލީހަށް ހޮވުމުގައި އިންޑިއާއިން ކުޅެފައިވާ ދައުރު ބޮޑުކަމާއި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަނދަލުވި ދަނޑިވަޅަކީ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ހޭދަކުރެއްވި ދައުރު ނިންމަވައި ފައިބައި ވަޑައިގެންނެވި ވަގުތާއި ދިމާވުމެވެ.

އެކަމަކު މިއީ ފަހަރުގައި އިއްތިފާގަކަށް ވެދާނެއެވެ. އެހެން ސުވާލެއްވެސް އުފެދެއެވެ. އެއީ ބައިނަލް އަގުވާމީ ކަނޑުތަކުގެ ގާނޫންތަކާއިބެހޭގޮތުން އެންމެ މަތީ ދަރަޖައަށް ތައުލީމް ހާސިލު ކުރައްވައި އަދި މިމައްސަލަ ފެށުނީއްސުރެ ދިވެހި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރަމުންދިޔަ ދިވެހި ބޭފުޅުން ތިބެމެ ދިވެހި ސަރުކާރުން ކަނޑައެޅުއްވި ވަކީލުންގެ ޓީމުގައި ނުހިމެނުއްވީ ކީއްވެގެން ބާވައެވެ.

ކޮންމެއަކަސް ކަން ކަން ހިގައިދިޔަ ގޮތާއި ސަރުކާރުން މިކަމާގުޅިގެން ނެރެފައިވާ ބަޔާންތަކާއި އަދި އާއްމުންގެ ތެރޭގައި މިމައްސަލައާމެދު ހިގަމުންދާ ބަހުސްތަކަށްބަލާއިރު ސަރުކާރަށް މިކަމުގައި ގޯސްތަކެއް ހެދިފައިވާކަމަށް ދޭހަވެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރައީސް ސާލިހް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މިކަމުން ހިޔަނިއެޅިގެންދާނެކަމަށްވެސް ބުނެވިދާނެއެވެ.

މިޑެމޭޖް ބޮޑުކޮށްދިނީ ރައީސް ނަޝީދުގެ ފެކްޝަނުން ސަރުކާރާ ދެކޮޅަށް ކިޔާފައިވާ ފާޑުތަކުންނެވެ. އެމްޑީޕީގެ އެންމެ ބޮޑު ވޯޓް ބޭންކަކީ ދެކުނު ކަމަށްވެފައި އައްޑުއާއި ފުވައްމުލަކާއި ހުވަދުއަތޮޅުގު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރުތަކަށް އަޅުވެތިކަމާ ދެކޮޅަށް ނިންމި ނިންމުމެއްކަމަށް ދައްކައިގެން ރަނގަޅު ތަސައްލީއެއް ދެވިއްޖެކަމަށް ގަބޫލުކުރަންވެސް ދައްޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.