އައްޝައިޚް ހަސަން ފައިސަލް
އައްޝައިޚް ހަސަން ފައިޞަލް އަކީ އިސްލާމިކް ޝަރީޢާ އިން ބެޗްލާސް ޑިގްރީ އަދި މާސްޓާރސް އިން ޓީޗިންގް އިސްލާމިކު ސްޓަޑީޒް ހާސިލް ކޮށްފައިވާ ދީނީ ޢިލްމުވެރިއެކެވެ.
އައްޝައިޚް ހަސަން ފައިސަލް
23 Apr 2023
ބަނގުރަލުގެ ކޯރުތައް މަދީނާ ގައި!
އެއީ އެމީހުން މަނާވުމަށް އެދިތިބި ކަމެއްނޫނެވެ. ވަކިވެގެން ދިޔުމަށް އެދުނުކަމެއްވެސް ނޫނެވެ. އެބައިމީޙުންގެ ގެތަކުގައި އެބައިމީޙުންގެ ދަނޑުތަކުން ލިބުނު ކަދުރާއި މޭބިސްކަދުރުން ހަދާފައިވާ ބަނގުރާ ބޮޑެތި ކަންވާރުތަކުގައި ރައްކާކުރެވިފައި ހުއްޓެވެ. ޢަރަބީން އަބަދުވެސް ކިޔަމުން އައި ޅެންތަކުގައި އެތައް ނަމަކުން ބަނގުރަލުގެ ވާހަކަތައް ތަރުތީބުކޮށް ކިޔައިއުޅުނެވެ.
16 Apr 2023
އެކަނބަލުން ހީވަނީ ކަޅުކުލައިގެ ކާޅު ތަކެއް ހެން
އިލާހީ އަމުރުފުޅާއިއެކު މަދީނާގައި އެވަގުތު ތިބި މުހާޖިރުންނާއި އަންޞާރުންގެ އަންހެންތަކުން މިއަމުރުފުޅަށް ފުރިހަމައަށް ކިޔަމަންވެލެއްވިއެވެ. ރަސޫލާ ޞައްލަالله އަލައިވި ވަސައްލަމަގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުން މޫނު ބުރުގާ އަޅުއްވާ އެއްމެ ފުރިހަމަ ފޭރާމުން އައުރަ ނިވާކުރެއްވިއެވެ. ހަމަ އެގޮތަށް ޞަޙާބީންގެ އަންހެންތަކުންވެސް މޫނުތައް ނިވާކޮށް އިސްލާމީ ޖިލްބާބުން ނިވޭވެގެންދިޔައެވެ.
08 Apr 2023
ވާހަކަ: ރަން އަނގޮޓި އެއްލަވާލެއްވީ ކީއްވެ؟
މިއަދު އަހަރުމެންގެ ބައެއް ޒުވާނުންނަށް ބަލައިލުމުން ފެންނަނީ ދީނީ އިލުމުން ފެއަށް ޖެހިފައިވާ އުއްމަތެއްގެ ނަތީޖާއެވެ. އިލާހީ އަމުރުފުޅުތަކާއި ނަހީތަކަށް އިސްކަންނުދޭ މާއްދިއްޔަތަށް މަސްތުވެފައިވާ ޖީލެކެވެ. ރަސޫލާ ޞޢވ ގެ ކިޔަމަންތެރިކަމުގެ ދަށަށް ބަހާއި އަމަލުން ވަނުމަށް އުޒުރުވެރިވާ ޖިސްމުތަކެކެވެ.
02 Apr 2023
ވާހަކަ: ހިމާރުގެ މަސްތެލިތައް އުކާލި ހިނދު
މިއީ ހިޖުރައިން ހަތްވަނަ އަހަރު ހިނގާފައިވާ ޙާދިސާއެކެވެ. ރަސޫލާ މުހައްމަދު ޞޢވ އަށް ކިޔަމަންވުމުގައި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންގެ ފަރާތުން ފެނިގެން ދިޔަ އާދަޔާޚިލާފު ކިޔަމަންތެރިކަމެއްގެ ވާހަކައެކެވެ.