ވާހަކަ
02 Apr 2023 | 14:03
ވާހަކަ: ހިމާރުގެ މަސްތެލިތައް އުކާލި ހިނދު

މިއީ ހިޖުރައިން ހަތްވަނަ އަހަރު ހިނގާފައިވާ ޙާދިސާއެކެވެ.  ރަސޫލާ މުހައްމަދު ޞޢވ އަށް ކިޔަމަންވުމުގައި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންގެ ފަރާތުން ފެނިގެން ދިޔަ އާދަޔާޚިލާފު ކިޔަމަންތެރިކަމެއްގެ ވާހަކައެކެވެ.

އެއަހަރުގެ މުހައްރަމު މަހު ރަސޫލާގެ އަރިހުގައި 1600 ޞަހާބީން މަދީނާއިން ނުކުމެވަޑައިގަތެވެ. އޭގެ ތެރެއިން 200 ބޭކަލުން ދަތުރުކުރެއްވީ ސަވާރީގައެވެ. ބާކީ 1400 ބޭކަލުން ދަތުރުކުރެއްވީ ފައިމަގުގައެވެ. ދަތުރު ކުރައްވަމުން ގެންދެވީ އެދުވަސްވަރު ޔަހޫދީންގެ މައިމަރުކަޒުކަމުގައިވާ ޚައިބަރަށެވެ.

ޚައިބަރު އޮންނަނީ މަދީނާއާ އަށް މަންޒިލު ދުރުގައެވެ. އެއީ ގާތްގަނޑަކަށް 165 ކިލޯމީޓަރުގެ ދުރުމިނެވެ. އެދުވަސްވަރު ޚައިބަރުގައި ޔަހޫދީންގެ ވަރަށްބޮޑު އާބާދީއެއް އޮތެވެ. ބުނެވޭ ގޮތުގައި ހަނގުރާމަކުރާ މީހުންގެ ގޮތުގައިވެސް ވިހި ހާހަށްވުރެއް ގިނަ ޔަހޫދީން ޚައިބަރުގައި ތިއްބެވެ. އެއީ އެޒަމާނުގައި ތަރައްޤީވެ ކުރިއަރާފައިވާ، އަސްކަރީގޮތުން ބާރުގަދަ ރަށެކެވެ. 

ޚައިބަރު ހަނގުރާމައަކީ ދުވަސްތަކަކަށް ދިގުލައިގެން ދިޔަ ހަނގުރާމައެކެވެ. އެބައިމީހުންގެ ވަރުގަދަ ކިއްލާތައް ހިފުމަށް މުސްލިމުން އެތައް މަސައްކަތެއް ކުރަންޖެހުނެވެ. އަދި އެންމެ ވަރުގަދަ ބޮޑު ކިއްލާ ހިފުމަށް ވިހި ދުވަހަށްވުރެއް ގިނަދުވަހު އެތަން ހިޞާރު ކޮށްގެން މުސްލިމުންނަށް ތިބެންޖެހުނެވެ.

މިދިގު ލައިގެން ދިޔަދިޔުމުގައި މުސްލިމުންގެ ލަޝްކަރަށް ވަރަށް ބޮޑު ބަނޑުހައި ހޫނުކަމެއް ކުރިމަތިވެގެންދިޔައެވެ. ކާބޯތަކެތި މަދުވެގެންގޮސް މުސްލިމުންގެ ލަޝްކަރަށް އެކަމުގެ ވޭން ތަހައްމަލުކުރަންޖެހުނެވެ.

އިމާމް ބުޚާރީ އަދި މުސްލިމު މިވާހަކަ، ޢަބްދުالله ބިން އައުފާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"ޚައިބަރުގެ (ޙިޞާރުގެ) ރޭތަކުގައި ތިމަންބޭކަލުންނަށް ވަރަށް ބޮޑު ބަނޑުހައި ހޫނު ކަމެއް ޖެހުނެވެ. އަދި ޚައިބަރުގެ ދުވަހު ތިމަންބޭކަލުންނަށް ޙިމާރު ލިބުނެވެ. ދެން ތިމަންބޭކަލުން އެކަތިލައި ތެލީގައި ކައްކަނިކޮށް، ރަސޫލުالله صلى الله عليه وسلم ފަރާތުން ގޮވާލައްވާ ބޭކަލަކު ގޮވާލެއްވިއެވެ.

"ތިޔަބައިމީޙުން ތެލި ބަންޑުން ޖަހާށެވެ. އަދި އެއިން އަހުލީ ޙިމާރުން އެއްވެސް މިންވަރެއް ނުކާށެވެ." 

ސުވާލަކީ މިގޮވައިލެއްވުމާއިއެކު ދެން ކަންތައް ވެގެންދާނީ ކިހިނެތްތޯއެވެ! ބަނޑުހައި ހޫނުކަމުގައިތިބި ޞަޙާބީން، އެވަގުތު ކައްކަމުންދިޔަ ހިމާރުގެ މަސްތެލިތައް މިއަމުރުފުޅާއިއެކު އުކާލައްވާނެތޯއެވެ!

އިސްލާމްދީނަށް ފުރިހަމައަށްވަދެ އިލާހީ އަމުރުފުޅުތަކަށް ކިޔަމަންވެ ބޯލަނބާ ބައެއްގެ ފަރާތުން ފެންނާނެ އެންމެ ފުރިހަމަ ނަމޫނާ އެވަގުތު ރަސޫލާގެ ޞަޙާބީންގެ ފަރާތުން ފެނިގެންދިޔައެވެ.

އުނދުންމަތީގައި، ކެއުމަށް ތައްޔާރުކުރެވެމުންދިޔަ މަސްތެލިތައް ވަގުތުން ބަންޑުން ޖައްސަވާލެއްވިއެވެ. އެފަދައިން ކަން ކުރަން އެންގެވި ކަމަށްޓަކައި އެބޭކަލުން އެއްވެސް ޝަކުވާއެއް ނުކުރައްވައެވެ. ދެކޮޅު ހެދުމުގެ ގޮތުން ކުޑަބަހެއްވެސް ބުނެނެލުމެއްނެތި އެކަން ކުރެއްވިއެވެ. މާތްالله އާއި ރަސޫލާ ޞައްލަالله އަލައިހި ވަސައްލަމަގެ އަމުރުފުޅަށް ކިޔަމަންވުމުގައި އެބޭކަލުންވަނީ ވަގުތުން ނަމޫނާ ދައްކަވާފައެވެ. 

މިވާހަކައަށް ވިސްނާލުމަށްފަހު އަހަރުމެންގެ ދިރިއުޅުމަށް ވިސްނާލުމުން ފާހަގަވަނީ ކޮން ކަމެއްތޯއެވެ! ފެންނަނީ ކޮން ތަފާތެއްތޯއެވެ!

اللهގެ އަމުރުފުޅެއް ނުވަތަ ނަހީކުރެއްވުމެއްގެ ވާހަކަ އަހަރުމެންނަށް ބުނެދެވިއްޖެނަމަ އަހަރުމެންނަށް ކަންތައް ކުރެވެނީ ކިހިނެތްބާއެވެ! ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވެވި މާތް ނަބިއްޔާގެ އަމުރުފުޅުތަކާއި ސުންނަތަށް އަހަރުމެންނަށް އެޞަހާބީން ފަދައިން ފުރިހަމައަށް ތަބާވެވޭބާއެވެ! ނުވަތަ އެކަލޭގެފާނު ނުކުރުމަށް އަމުރު ކުރެއްވި ކަންކަމުން އަހަރުމެންނަށް ދުރުވެވެނީ ކިހާ މިންވަރަކަށްބާއެވެ! މިއީ ހައްތާވެސް އަހަރުމެންގެ ނަފްސުތަކާއި ކުރަންޖެހޭ އަދި އޭގެ ޖަވާބު ހޯދަންޖެހޭ ސުވާލުތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.