ދީން
08 Apr 2023 | 14:41
ވާހަކަ: ރަން އަނގޮޓި އެއްލަވާލެއްވީ ކީއްވެ؟

މިއަދު އަހަރުމެންގެ ބައެއް ޒުވާނުންނަށް ބަލައިލުމުން ފެންނަނީ ދީނީ އިލުމުން ފެއަށް ޖެހިފައިވާ އުއްމަތެއްގެ ނަތީޖާއެވެ. އިލާހީ އަމުރުފުޅުތަކާއި ނަހީތަކަށް އިސްކަންނުދޭ މާއްދިއްޔަތަށް މަސްތުވެފައިވާ ޖީލެކެވެ. ރަސޫލާ ޞޢވ ގެ ކިޔަމަންތެރިކަމުގެ ދަށަށް ބަހާއި އަމަލުން ވަނުމަށް އުޒުރުވެރިވާ ޖިސްމުތަކެކެވެ. ހުޅަނގުގެ ފިކުރުން ފެންބޮއިގެން އެމީހުންގެ ޘަޤާފަތުން ބަނޑުފުރުއިގެން ބޮޑުވާ ޒުވާނުން މިއަދު ގިނަވަމުންދާކަމީ ހިތާމައިގެ ކޮޅެއް ނެތް ކަމެކެވެ. ޔަހޫދީންނާއި ނަޞާރާއިން ދުވަމުން ގޮސް ސަހަރާމަތީ އުޅޭ ބޮނޑުގެ ހޮރަށް ވަންކަމުގައިވީނަމަ އެހަރަކަށްވެސް ފަހަތުން ގޮސް ވަންނާނެ މުސްލިމު ނަންތަކެއް މިއަދު މިވަނީ އުފަންވެފައެވެ. 

މިއަދުގެ ޒުވާން ބައެއް ފިރިހެނުންނަށް ބަލައިލިމުން ފެންނަނީ ޣައިރި މުސްލިމުންގެ ތަސްވީރެކެވެ. ގައިގެ އެތަން މިތަނުގައި ޓޭޓޫ ޖަހާފައި، ކަންފަތާއި ބުމަ ތޮރުފާ ކަރުގައި ފަށް އަޅާފައި، އަތާއި ފައިގައި ތަފާތު ވައްތަރުގެ ތަކަހޮޅިތައް އަޅާ ފުރާފައެވެ. މިފަދަ މީހުންގެ މައިންބަފައިންނަށްވެސް މިގޮތްތައް ކަމުދާކަހަލައެވެ. އެކުވެރިންގެ ތެރޭގައިވެސް މިފަދަ ކަމަކާ ބަހެއް ބުނެލާނެ މީހަކު ނުހުރެއެވެ. ނުވިތާކަށް މިފަދަ މީހަކު މިފަދަ ޣައިރު މުސްލިމުންގެ އާދައެއް ނަކަލުކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލައިފިނަމަ އެއީ ވަރަށް ކޫލް، ލޯބި، ރީތި މީހެއްގެ ގޮތުގައި ސިފަކުރެއެވެ. ތައުރީފުގެ މެސެޖްތަކުން އެފަދަ ޕޯސްޓްތަކަށް އެތައް ބަޔަކު ކޮމެންޓްވެސް ކުރެއެވެ.

ދެން މިއޮތީ ޖާހިލިއްޔަ ޒަމާނުގެ ވާހަކައެވެ. އިސްލާމްދީން ބާވައިލައްވަމުންދިޔަ ދުވަސްވަރު ރަސޫލާގެ ޞަހާބީންވެސް މިފަދަ ބައެއް ކަންކަން ކުރަމުންދިޔަކަން ތާރީޚުން ހެކިދެއެވެ. އޭރު އެމީހުންގެ ތެރޭގައި ޓެޓޫޖެހުންވެސް އޮތެވެ. ފިރިހެނުން ގަހަނާ ބޭނުންކުރުންވެސް އޮތެވެ. ރަން އަނގޮޓީއާއި ފަށްވެސް ޒީނަތްތެރިވުމުގައި އެބައިމީޙުން ބޭނުންކުރިއެވެ. ނަމަވެސް އިސްލާމްދީން ބާވައިލެއްވީ މިސްތަކުންނަށް ޢަޤީދާއާއި އަޅުކަން އުނގައްނައިދެއްވަމުންނެވެ. މުޢަމަލާތާއި އަޚްލާޤުވެސް ބުނެދެއްވަމުންނެވެ. ރަނގަޅުކަންކަމަށް ބާރުއަޅުއްވާ ނުބައިކަންކަމާއި އަދާތައް ނަހީކުރާ ޙާލުގައި މިޝާމިލީ ޝަރިޢަތް ފުރިހަމަވަމުންދިޔައެވެ. ޓެޓޫ ޖަހާމީހާއާއި ޖަހުވައިދޭމީހާއާއި ރަސޫލާގެ ދޫފުޅުން ލަޢުނަތް ލެއްވެވިއެވެ. ފިރިހެންނުން ރިހި އަނގޮޓި ހުއްދަކުރެއްވިއެވެ. ރަނުގެ ހުރިހާ ބާވަތެއް ހަރާމް ކުރެއްވެވިއެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ރަސޫލާ ޞައްލައްالله އަލައިހި ވަސައްލަމައަށް ޞަޙާބީއެއްގެ އަތުގެ އިނގިއްޔެއްގައި ރަން އަނގޮޓިއެއް އަޅާފައިވަނިކޮށް ފެނުނެވެ. އެހިނދު އިތުރު އެކަލޭގެފާނު އެކަމާ ކޯފާ އިސްކުރައްވާ އެއަނގޮޓި ނަންގަވާ އެއްލަވާލެއްވިއެވެ. އަދި އަލިފާނުގެ ޖަމްރާއެއް އަތަށްލައިގެން ހުންނަން ތިޔަބައިމީހުންގެ ތެރެއިން މީހަކު ބޭނުންވަނީތޯ އައްސަވާ ފިރިހެނުން ރަނުގެ ގަހަނާ ބޭނުންކުރުމާ އިންކާރު ކުރެއްވިއެވެ. ދެން އެކަލޭގެފާނު އެތަނުން ވަޑައިގަތުމުން އެމީހަކަށް އެރަން އަނގޮޓި ނެގުމަށް އެތަނުގައި ތިއްބެވި ޞަހާބީ ބޭކަލުން އިރުޝާދު ދެއްވެވިއެވެ. އަޅަން ބޭނުން ނުކުރިޔަސް ވިއްކަލައިގެން ނުވަތަ އެނޫންވެސް ބޭނުންކުރެވިދާނެ ކަމަށް ލަފާދިނެވެ. އެހިނދު އެޞަހާބީ الله ގަންދީ ހުވާކޮށް އެއަނގޮޓި ނުނަގާނެ ކަމުގައި ވިދާޅުވިއެވެ. ރަސޫލާ ނުރުހުންވެ އެކަލޭގެފާނުގެ އަތްޕުޅުން އެއްލަވާލެއްވި އެއްޗެއް ދުވަހަކުވެސް ނުނަންގަވާނެކަމަށް ވިދާޅުވިއެވެ.

ކިޔަމަންތެރި ވުމުގައި މިއީ ކޮންފަދަ ނަމޫނާއެއްބާއެވެ! ވަރަޢަވެރިކަމުގައި މިޞަޙާބީގެ އަމަލުފުޅު ކިހާ ރިވެތިބާއެވެ! އަހަރުމެންގެ ޒުވާނުންނަށް މިޞަޙާބީންގެ ސިޔަރަތުން އިބުރަތެއް ނުލިބޭބާއެވެ! ރީތިކަމާއި ޒީނަތްތެރިކަން ވަނީ ޤުރުއާނާއި ސުންނަތުގައިބާއެވެ. ނުވަތަ ހުޅަނގުގެ ކާފަރުންގެ ހަމައެއް ލަމައެއް ނެތް އާދަތަކާއި ޘަޤާފަތުގައިބާއެވެ! 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.