ދީން
16 Apr 2023 | 10:40
އެކަނބަލުން ހީވަނީ ކަޅުކުލައިގެ ކާޅު ތަކެއް ހެން

މިއިސްލާމީ ދީބުގެ އަންހެނުންގެ ޙާލަތަށް ބަލައިލުމުން މިއަދު މިފެންނަނީ ވަރަށް ތަފާތު ހައިރާން ކުރުވަނިވި މަންޒަރެކެވެ. ގިނަ އަންހެނުން މިވަނީ ޢައުރަ ނިވާކުރުމުގެ މާތް މަތިވެރިން އަޅުކަމުން އެއްކިބާވެ ދުރުވެފައެވެ. އެނގިގެން ނުވަތަ ނޭންގިވިޔަސް އިސްލާމީ ޖިލްބާބަށް ނުވަތަ ހިޖާބަށް މަލާމަތްކުރާ ޙާލު ހެދުން އަޅާ އަންހެނުން މަދެއްނޫނެވެ. އެންމެ ފުރަތަމަ ކަޝްފުކުރީ އެބައިމީޙުންގެ ފައިތިލަތަކެވެ. އޭގެ ފަހުގައި އެޅި ބުރުގާތައް ކުދިވެ މޭމަތިވެސް ނުފޮރުވޭވަރަށް ބޮލުގެ ވަށައިގެން އެބުރުގާ ފޮތިކޮޅު އޮޅަންފެށިއެވެ. އެއަށްފަހު ބޮޑެތި ދިގު ދޫ ހެދުންތައް ކުރުވެ ގަޔަށް ބާރުކުރަންފެށިއެވެ. ބާރު ޖިންސާއި ޓީޝާރޓުތަކުން އަޅާ ހެދުން އެޅުން ޢާއްމުވެގެންދިޔައެވެ. ބައެއްފަހަރު ތުނިވެގެން ގޮސް އެތެރޭން ލާފައި ހުންނަ ފޭރާން ކަޝްފުވެ ބޮލުގެ އިސްތަށިގަނޑުވެސް ހާމަވާގޮތަށް ހެދުން އަޅައެވެ. އަނެއްބަޔަކު ބުރުގަލުގެ ދަށުން ކަރުގައި އަޅާފައި އޮންނަ ފަށް ދައްކަންފެށިއެވެ. ބުރުގަލުގެ އަޞްލު މަޤްޞަދު ގެއްލި އެންމެ ފަހުން ކަންފަތްވެސް ދައްކާ ކަންފަތުގައި ލާފައިވާ މުދިވެސް ހާމަކުރަންފެށިއެވެ. ކަރާއި ދެއަތްދަނޑިއަކީވެސް ނިވާކުރަން ނުޖެހޭ ހިސާބުކަމަށް ދެކި އެތަންތަންވެސް ހާމަކުރަންފެށިއެވެ. ބޮލުގައި އަޅާ ރަމްޒީ ފޮތިކޮޅަކަށް އެންމެފަހުން ބުރުގާ ވެގެންދިޔައެވެ. ޝަރުޢީ އެއްވެސް މަޤްޞަދެއް އެއިން ހާސިލުނުވާ ތަޤްވާވެރިކަމުގެ އެއްވެސް އަސަރެއްނެތް ފޭރާމަކަށް އެފޭރާންވެގެންދިޔައެވެ. ޝަރުޢީ ހިޖާބުން ހިޖާބުވެގެން ތިބި މީހުންގެ އަންހެން ދަރީންވެސް ހެދުން އަޅައިގެން އޮރިޔާމުން އުޅޭ ފަދައިން އުޅޭތަންވެސް ފެންނަންފެށިއެވެ.

މިއީ މިދުވަސްވަރުގެ ވާހަކައެވެ. އިސްލާމީ ދިވެހި މިދީބުގެ މަގުތަކުން ކޮންމެ ދުވަހަކު ހަމަ ކޮންމެ މީހަކަށްވެސް ފެންނަ މަންޒަރުގެ ވާހަކައެވެ. ދެން މިއޮތީ ޖާހިލިއްޔަ ޒަމާނުގެ ވާހަކައެވެ. އެއީ މީގެ 1400 އަހަރު ކުރިއެވެ. ޢަރަބި ޖަޒީރާގެ މަގުތަކުގައި ޢަރަބީންގެ އަންހެނުން ތަފާތު ބޭނުންތަކުގައި ހިނގާބިނގާވެ އުޅުނެވެ. ލާފައި ހުންނަ ހެދުމުން ކަރުގައި އަޅާފައިވާ ގަހަނާތަކާއި ކަންފަތުގައި ލެވިފައިވާ މުދިތަކާއި ފައިގައި އަޅާފައި އޮންނަ ތަކަހޮޅިތައްވެސް ހާމަވާން ހުރެއެވެ. ނުވިތާކަށް ހެދުން ފަހާފައިވާލެއް ބާރުކަމުގެ ސަބަބުން ހަށިގަނޑުގެ ވަނާތައްވެސް ހާމަވާން ހުރެއެވެ. ބައެއްފަހަރު ފޭރާން ތުނިވެގެން ގޮސް ހަމުގެ ކުލަ ކަޝްފުވެއެވެ. ބޮލުގެ އިސްތަށިގަނޑު ދެއްކުމާއި މޫނުގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންތެރޭ ފާޅު ކުރުމަކީ ޖާހިލިއްޔަ އަންހެނުންގެ އާދަކާދައެކެވެ.

ޤުރުއާން ބާވައިލައްވަމުން ދިޔަ ދުވަސްވަރު ރައްކާތެރިކުރެވިގެންދިޔަ އެއްބަޔަކީ މުސްލިމު އަންހެންތަކުންނެވެ. ނުބައިވެގެންވާ ބެލުންތަކާއި ފާހިޝް ބުއްދިތަކާއި ޝަހުވާނީ މުނާފިޤު އެދުމުގައި ތިބި ބައެއް މީހުންގެ ފަރާތުން އެކަނބަލުން ސަލާމަތްކުރުމަށް الله ތަޢާލާ ހިޖާބުގެ އާޔަތްތައް ބާވައިލެއްވިއެވެ. ބުރުގާތައް އަޅާ މޭމައްޗާއި ކަރުވަޅުތައް ނިވާ ކުރުމަށް އަމުރު ކުރެއްވިއެވެ. ޒީނަތްތެރިކަން ފާޅުކޮށްގެން ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުތުން މަނާކުރެއްވިއެވެ. އެއީ ހެދުމުގައި ކުރެވޭ ޒީނަތް ނުވަތަ ރީތިވުމަށް ބޭނުންކުރާ ޒީނަތްތެރިވުން ކަމުގައިވިޔަސްމެއެވެ. އަތަރު ލައިގެން ވަސްދުވާ ގޮތަށް ބޭރަށް ނުކުތުންވެސް މަނާކުރެއްވިއެވެ. ބޭނުމެއް ހާޖަތެއްނެތި ހިލޭ ފިރިހެނުންނާއި ވާހަކަ ދެއްކުމާއި ތުއި އަޑުން ވާހަކަ ދެއްކުންވެސް ނަހީ ކުރެއްވެވިއެވެ. އެންމެފަހުން ބޭރަށް ނުކުންނައިރު ކާކުކަން ނޭންގޭ ގޮތަށް ޖިލްބާބު ލައިގެން ނުކުތުމަށްވެސް ޤުރުއާނުގައި އަމުރުވެވިގެން އައެވެ. އަދި ހަންގަނޑުގެ ކުލަ އެނގޭ ފަދަ ތުނި ފޮތިން ހެދުން ފަހައިގެން ލާމީހުންނާއި ގަޔަށް ބާރު އެއްޗެހި ލައިގެން ހެދުން އަޅާ މީހުންނާއި ރަނގަޅަށް އައުރަ ނުފޮރުވޭ ގޮތަށް ހެދުން އަޅާ މީޙޫންނަށް ސުވަރުގެ ނުވަދެވޭނެކަމަށް ވެސް ބަޔާންކޮށްދެއްވިއެވެ. އަދި ސުވަރުގޭގެ ވަސްވެސް އެބައިމީޙުންނަށް ނުލިބޭނެކަމުގެ ބިރުވެރި އިންޒާރި ދެއްވެވިއެވެ. ޤުރުއާނުގެ މިއިލާހީ އަމުރުފުޅާއިއެކު މަދީނާގައި އެވަގުތު ތިބި މުހާޖިރުންނާއި އަންޞާރުންގެ އަންހެންތަކުން މިއަމުރުފުޅަށް ފުރިހަމައަށް ކިޔަމަންވެލެއްވިއެވެ. ރަސޫލާ ޞައްލަالله އަލައިވި ވަސައްލަމަގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުން މޫނު ބުރުގާ އަޅުއްވާ އެއްމެ ފުރިހަމަ ފޭރާމުން އައުރަ ނިވާކުރެއްވިއެވެ. ހަމަ އެގޮތަށް ޞަޙާބީންގެ އަންހެންތަކުންވެސް މޫނުތައް ނިވާކޮށް އިސްލާމީ ޖިލްބާބުން ނިވޭވެގެންދިޔައެވެ. ބައެއް ކަނބަލުން ހާޖަތެއް ޖެހިގެން އެއްލޯ ނުވަތަ ދެލޯ ކަޝްފުކުރެއްވިއެވެ. ޖާލިހިއްޔަ ޒަމާނުގެ ޒީނަންތެރިކަން އެކީއެކަށް ދޫކޮށް اللهގެ އަޒާބަށް ބިރުވެތިވެލެއްވިއެވެ. ހިލޭ ފިރިހެނުންނާ މަސްހުނިވެ އެކުވެ މަގުތަކުގެ މެދުގައި ހިނގުން ދޫކޮއްލެއްވިއެވެ. އެކަމުގެ ސަބަބަން އެކަނބަލުންގެ ތަނަވަސް ޖިލްބާބުތައް ފާރުތަކުގައި އަޅައިގަންނަކަމުގައި ރިވާވެގެން އައިސްފައިވެއެވެ. ހިޖާބުގެ އާޔަތަށްފަހު އުއްމު ސަލަމާގެފާނު އަންސާރުންގެ އަންހެންތަކުން ސިފަކޮށްފައިވަނީ ކަޅު ކުލައިގެ ކާޅުތަކެއްގެ ގޮތުގައެވެ. ޢާއިޝާގެފާނު ވިދާޅުވާ ގޮތުގައި ނިވާވުމަށް އަމުރުކުރެއްވުމުން އެކަނބަލުންގެ ހެދުމުގެ ފަސްބައިގެ ފޮތި ބޭނުންކޮށް އެކަނބަލުންގެ މޫނުތައް ފޮރުވާފައިވެއެވެ.

ކިޔަމަންތެރިކަމުގައި މިފަދަ ފުރިހަމަ ނަމޫނޭއެއް ވޭބާއެވެ! ކިޔަމަންވުމުގައި މިފަދަ ޤުރުބާނީއެއްގެ މަތިވެރިކަމަކީ ކިހާ ބޮޑު މަތިވެރިކަމެއްބާއެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.