ދީން
23 Apr 2023 | 17:51
ބަނގުރަލުގެ ކޯރުތައް މަދީނާ ގައި!

އެއީ އެމީހުން މަނާވުމަށް އެދިތިބި ކަމެއްނޫނެވެ. ވަކިވެގެން ދިޔުމަށް އެދުނުކަމެއްވެސް ނޫނެވެ. އެބައިމީޙުންގެ ގެތަކުގައި އެބައިމީޙުންގެ ދަނޑުތަކުން ލިބުނު ކަދުރާއި މޭބިސްކަދުރުން ހަދާފައިވާ ބަނގުރާ ބޮޑެތި ކަންވާރުތަކުގައި ރައްކާކުރެވިފައި ހުއްޓެވެ. ޢަރަބީން އަބަދުވެސް ކިޔަމުން އައި ޅެންތަކުގައި އެތައް ނަމަކުން ބަނގުރަލުގެ ވާހަކަތައް ތަރުތީބުކޮށް ކިޔައިއުޅުނެވެ. އެގަނެ އެބުއިމަށްޓަކައި ދިރުހަމާއި ދީނާރު އެއްކުރެއްވައި އެކަމަށް ހޭދަކުރެއްވި ކަމެކެވެ. ގެއަށް އަންނަ މެހެމާނުންނަށްވެސް މެހެމާންދާރީ އަދާކުރަނީ ބަނގުރަލުގެ ތަށިތަކުންނެވެ. އެބަނގުރާވަނީ އެބައިމީހުންގެ ދިރިއުޅުމާއި ދުރުނުކުރެވޭ ވަރަށް އެކުވެފައެވެ.

އިސްލާމީ ރިސާލަތުގެ ހުކުމްތައް ބާވައިލައްވަމުން ދިޔަ ދުވަސްވަރު ހުދު ޢަރަބީންނަށްވެސް ބަނގުރަލުގެ ދެކޮޅު ފެންނަމުންދިޔައެވެ. އެއްބަޔަކު އެވިއްކާ، އެބޮއި އެއިން ލައްޒަތު ހޯދަމުން އޭގެ ފައިދާ ލިބިގަންނަމުންދިޔައެވެ. އަނެއް ބަޔަކަށް އެބަނގުރަލުން ގެއްލުންތަކާއި ނުރައްކާތައް ފެނި އެކަންވެސް އިހްސާސްވަމުންދިޔައެވެ. އެބޮއިގެން އެއްބަޔަކު އަނެއްބަޔަކަށް ޢުދުވާން ހިންގަމުންދިޔައެވެ. ބައެއްފަހަރު މާރާ މާރީވެސް ހިންގައެވެ. މަސްތުވެގެން ތިބޭ ހާލު ވާނުވާ ނޭނގި މީހުން މަރާ ހިސާބަށްވެސް ކަންކަން ދިޔައެވެ.

އެގޮތުން ރަސޫލާގެ އަރިހުގައި ޞަޙާބީ ބޭކަލުން ބަނގުރަލާއި ބެހޭގޮތުން ސުވާލު ކުރަމުންދިޔައެވެ. އެހެންކަމުން الله ތައާލާ އެންމެ ފުރަތަމަ ޤުރުއާނުގައި އިޝާރާތެއް ދެއްވީ އެބަނގުރަލުގައި ގެއްލުމާއި ފައިދާ ވާކަމުގައެވެ. އަދި އޭގެ ފައިދާއަށްވުރެއް ގެއްލުން ބޮޑު ކަމުގައެވެ. މިއިޝާރާތާއިއެކު ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުން ބަނގުރާލާ ދުރުވެގެންދިޔައެވެ. މީސްތަކުންގެ ނަފްސުތައް ލެނބިފައިވާ މިނުބައި އާދައިން ސަލާމަތް ކުރުމަށް ދެވަނަ އަށް އެޅިގެން ދިޔަ ފިޔަވަޅަކީ އެބަނގުރާ ބޮއެގެން މަސްތުވެގެންތިބެ ނަމާދާއި ގާތް ނުވުމަށް ޤުރުއާނުގައި ކުރެވުނު އަމުރުފުޅެވެ. މިހާލަތުގައި މަދީނާގައި އޭރުވެސް ބަނގުރާ ބުއިން ހުއްޓާނުލާ ބައިވަރު ޞަޙާބީ ބޭކަލުން ތިއްބެވިއެވެ. ސަބަބަކީ އެކީއެކަށް ބަނގުރާ ހަރާމް ކުރައްވާފަދަ އިލާހީ އަމުރުފުޅެއް އައިސްފައިނުވާތީއެވެ.

އަނަސް ރަޟިޔަالله ޢަންހު ވިދާޅުވިއެވެ. ތިމަންމެންގެ ގޭގައި ތިމަންކަލޭގެފާނު އަބޫ ތަލްހާގެފާނަށާއި އަބޫ އައްޔޫބުގެ ފާނަށާއި އަދިވެސް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަގެ ޞަހާބީންގެ ތެރެއިން ބޭކަލުންތަކަކަށް ބަނގުރާ ބުއިމަށްޓަކައި ދެމުންދިޔައީމެވެ. އެހިނދު މީހަކު އައިސް ވިދާޅުވިއެވެ. ތިޔަބައިމީހުންނާ ހަމަޔަށް ޚަބަރު އަތުވެއްޖެހެއްޔެވެ؟ ދެން ތިމަންމެން ދެންނީވެމެވެ. ނޫނެކެވެ. އެހިނދު އެމީހަކު ވިދާޅުވިއެވެ. ރާ حرام ކުރައްވާފައިވެއެވެ. ފަހެ، އެމީހަކު ވިދާޅުވިއެވެ. އޭ އަނަސްގެފާނެވެ! ކަލޭގެފާނު ރަލުގެ ކަންވާރުތައް އުކާލައްވާށެވެ.

ބުޚާރީގެ ރިވާޔަތެއްގައި ވެއެވެ: "ފަހެ، ތިމަންކަލޭގެފާނު ނުކުމެވަޑައިގަތް އެތަކެތި އުކާލެއްވީމެވެ. ފަހެ، އެކަމުގެ ސަބަބުން މަދީނާގެ މަގުތަކުގައި ރަލުގެ ކޯރުތައް ދެމިގެންދިޔައެވެ."

އެންމެ މީހެއްގެ ފަރާތުން ލިބިގެން ދިޔަ ބަނގުރާ ހަރާމް ކުރެއްވުމުގެ ހަބަރު ޔަޤީން ކުރައްވަން ބޭނުންވާކަމުގެ ބަހަނާއެއް އެބޭކަލުން ނުދައްކަވައެވެ. އިތުރަށް އެކަމަކާއި ބެހޭގޮތުން ސުވާލެއްވެސް ނުކުރައްވައެވެ. އުޒުރު ދައްކާ ގޭގައިހުރި ބަނގުރާތައް ބޭނުންކުރުމަށް އެހެން ގޮތެއް ހޯދަކަށްވެސް މަސައްކަތެއް ނުކުރައްވައެވެ. ބަނގުރަލާ މަސްތުވުމާ އެބޭކަލުން ދުރުކުރާކަށް ޚުތުބާދީ ދަރުސްދޭނެ ބަޔަކު ބޭނުމެއްނުވިއެވެ. ފުލުހުންނާއި ސިފައިންނަކަށް ވެސް ބޭނުމެއްނުވިއެވެ. ކޯޓުތަކުން ހުކުމް އިއްވާ ޤާޒިންގެ ހުކުމްތަކަކަށްވެސް ބޭނުމެއްނުވިއެވެ. އެކަމަކު އެބައިމީހުންނަށް އެމަސްތުން ސަލާމާތްވާން ފުދިގެން ދިޔައީ ޤުރުއާނުގެ ހަމަ އެންމެ އާޔަތެކެވެ.

އެޚަބަރަށް ތުނބުގައި ހުރި ރާތަށިތަކާއިއެކު ގޭގައި ހުރި ބަނގުރަލުގެ ކަންވާރުތައް ވެސް އުކާލެއްވިއެވެ. ތިމަންމެން އަޑުއަހައިފީމުއޭ އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނެ ހަޤީޤީ މުސްލިމުންގެ ޝިއާރު ފާޅުކުރިއެވެ. ތިމަންމެން ތިޔަކަން ހުއްޓާލައިފީމުއޭބުނެ ވަގުތުން ނަމޫނާ ދެއްކެވިއެވެ. ކިޔަމަންތެރިވުމުގެ އެންމެ ފުރިހަމަ މިސާލު އަމަލީ ގޮތުން ފާޅުކުރެއްވިއެވެ. ކާއިނާތުގެ ރައްބުގެ އަމުރުފުޅަށް ފުރިހަމައަށް ބޯލެންބެއްވިއެވެ. މަސްތުގައިޖެހިފައިތިބި މުސްލިމު ޒުވާނުންނަށް ލާމަސީލު ނަމޫނާއެއް އަބަދުގެ އަބަދަށް ދޫކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.