08 May 2024
ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އަޅަން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި
ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިއަދު އެ ވުޒާރާއާއި ސިނޯހައިޑްރޯ ކޯޕަރޭޝަނުން ވަނީ ފަހުމުނާމާއެއް ސޮއި ކުރައްވާފައެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މި ފަހުމު ނާމާގައި ސޮއި ކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.