11 Oct 2022
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން ނިންމައިފި
ނޮވެމްބަރު 3 ގެ ޢުދުވާނުން ރާއްޖެ ސަލާމަތް ކުރަން އިސް ދައުރެއް އަދާކުރެއްވި ބަޠަލު، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން އޭނާގެ އުފަން ރަށް ކަމަށްވާ ކުޅުދުއްފުށިން ނިންމައިފިއެވެ.
28 Sep 2022
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.
28 Sep 2022
ރައީސުލްޖުމްހޫރިއްޔާ ހއ.ގެ ހަތަރު ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.
27 Sep 2022
އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ތިލަދުންމަތީގައި 8،000 އެނދު ޤާއިމުކުރުން: ރައީސް
ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8،000 އެނދު ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
26 Sep 2022
ފިނޭ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ ކަންކަން ދަނީ ކުރިއަށް: ރައީސް
ހދ. ފިނޭ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢުގެ ބީލަމުގެ މަރުޙަލާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
26 Sep 2022
"މިއަދު ފިނޭ މިވަނީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށަކަށް ވެފައި"
ހދ. ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
26 Sep 2022
"މިދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މި ދައުރު ނިމުމުގެ ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
26 Sep 2022
ތަފާތު ކުރުމެއް ނެތި ޚިދުމަތް ދިނުމަށް ވީ ވައުދުތައް ދަނީ ފުއްދެމުން: ރައީސް ޞާލިހު
މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާއިއެކު ކަމަށާއި، އެ ވަޢުދުތައް ފުއްދެމުންދާކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ