ހދ. ނޮޅިވަރަމް ސިއްހީމަރުކަޒު ކައިރީ މީހުން އެއްވެފައި
ހަބަރު
10 Dec 2022 | 15:03
ނޮޅިވަރުމުގައި ޒުވާން އަންހެނަކު މަރާލާފައިވާ ކަމުގެ ތުހުމަތު!

ހދ ނޮޅިވަރަމުގައި ނިޔާވި ޒުވާން އަންހެނަކު މަރާލާފައިވާ ކަމުގެ ތުހުމަތު ކޮށްފި އެވެ.

ފުލުހުން ބުނީ، ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ، މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އަދި އެ މައުލޫމާތު ލިބުމާއި އެކު ފުލުހުން، އެ ސީން އަށް އެޓެންޑްވެ ހޭނެތިފައި އޮތް މީހަކު، ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަދި އެއީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށާ، އެ މީހާ ހެލްތު ސެންޓަރ އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް، ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އަންހެން މީހާ ފެނުނު އިރު ޒަޚަމްތަކެއް ގައިގައި ހުރި ކަމަށް އެރަށުގެ ބައެއް މީހުން ބުނެފައިވީ ނަމަވެސް، އެކަމާއި ގުޅިގެން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މައްސަލާގައި ރަށު މީހުން ތުހުމަތުކުރަނީ އަންހެން މީހާގެ ފިރިމީހާއަށެވެ.

ނޮޅިވަރަމް ފެނަކަ އޮފީހުގައި މަސައްކަތް ކުރާ ފިރިމީހާ ރަށުގައިނެތް ކަމަށާއި، އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ރަށުން ވާހަކަދެއްކި ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މި މައްސަލާގައި ވަކި ގޮތެއް ނިންމާފައި ނުވާއިރު، އަންހެން މީހާގެ މަރާ ގުޅިގެންވެސް އެއްވެސް ގޮތެއް ނުނިންމަފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ