ކ. ތިލަފުށި
17 Jun 2024
ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، ތިލަފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަ ކުރެއްވި ގޮތުގައި، ކ.ތިލަފުށީގައި ހުރި "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި އަލިފާން ރޯވިކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:35 ހާއިރުއެވެ.
19 May 2024
ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މައިލްސްޓޯން 1 ފުރިހަމަކޮށްފި
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކުރެއްވި ގޮތުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެފައިވާ ކަމަށެވެ.
15 May 2024
ތިލަފުށިން ކެމިކަލް ގުދަން ހަދަން ބިން ކުއްޔަށް ދޭން ހުޅުވާލައިފި
ތިލަފުށީގައި ކެމިކަލް ރައްކާ ކުރާނެ ގުދަން ހަދާނެ ބިން ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.
02 May 2024
ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޢާންމުކުރައްވާފައިވާ ނޫސްބަޔާނުގައި ވަނީ ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން، ސިނާޢީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކުމަށް ހަމައެކަނި ދިވެހިންނަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.
25 Apr 2024
ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ހުޅުވާލަނީ
ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަން ތައްޔާރުވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
20 Mar 2024
ތިލަފުށި ފޭސް 2 އިން ވިޔަފާރި ބޭނުމަށް ބިން ގަތުމަށް ހުޅުވާލައިފި
ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ފޭސް 2 ސަރަހައްދުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
12 Feb 2024
ތިލަފުށީ ބިން ހިއްކައި ނިންމާލައިފި
ތިލަފުށި ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކައި ނިންމާލައިފިއެވެ.
08 Feb 2024
ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ޑޮކްޔާރޑު ތިލަފުށީގައި ގާއިމު ކުރަނީ
ދިވެހިރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބޮޑު ޑޮކްޔާޑު ތިލަފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.