އެމްއެންޑީއެފުން ވަނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި-- ފޮޓޯ: އެންޑީއެމްއޭ
ހަބަރު
22 Aug 2024 | 13:34
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ކޮންޓްރޯލްކޮށްފި

ކ.ތިލަފުށީގައި ހުންނަ މެރިންޑޯ ކުންފުނީގެ ވޯކްޝޮޕެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ކޮންޓްރޯލް ކޮށްފައިވާކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެކޮމޮޑޭޝަން ބްލޮކް އަކަށް ގެއްލުންވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓް ލިބިފައިނުވާ ކަމަށެވެ.

ތިލަފުށީގައި ހުރި ވޯކްޝޮޕްގައި ރޯވި އަލިފާންގަނޑު؛ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ-- ފޮޓޯ: އެންޑީއެމްއޭ

މި ހާދިސާ ހިނގި ސައިޓްގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ދިވެހި ރެޑް ކްރެސެންޓް ގެ ޓީމްތައް ހަރަކާތްތެރިިވި ކަމަށާއި، މި މަސައްކަތުގައި އެމްޓީސީސީ ގެ އެހީތެރިކަން ލިބުނު ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެމްޓީސީސީ ގެ އެހީއަށް ޝުކުރުއަދާކުރަމުން އެންޑީއެމްއޭއިން ބުނީ، އެ ކުންފުނީގެ އަލިފާޏް ނިއްވުމަށް ބޭނުންކުރާ ތަކެތިވެސް މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ބޭނުން ކުރި ކަމަށެވެ.

އަލިފާން ނިއްވުމަށް ކަމާ ބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެންޑީއެމްއޭ

ހަމައެއާއިއެކު، ތިލަފުށީގައި ހުރި އެޗްޑީސީގެ ތަކެތި ވެސް ބޭނުންކޮށްފައިވާ ކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އަލިފާން ނިއްވާ ޓީމް ވެސް އެމްއެންޑީއެފް އެދިއްޖެ ހާލަތެއްގައި އެހީވުމަށް ތައްޔާރަށް އޮތްކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

މި ހާދިސާގައި ވޯކްޝޮޕަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، 'ވޮއިސް' އަށް މައުލޫމާތު ދެމުން އެތަނުގައި ހުރި މީހަކު ބުނީ، ރޯވި ވަރކްޝޮޕަކީ ލޭތްކުރުމާއި ދަނގަޑުގެ އެކި މަސައްކަތްތައް ކުރާ ތަނެއް ކަމަށެވެ. އެތަނަކީ މީހުންވެސް އުޅޭ ތަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.