27 Apr 2024
ގަމާއި ފޮނަދޫ ސިޓީއަކަށް ވެގެންދާނީ މި ސަރުކާރުގައި: ފައިސަލް
ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްޤީވެފައި އޮތް ސިޓީއަކަށް ލ. ގަމާއި އެއަތޮޅު ފޮނަދޫ ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
12 Apr 2024
ގަމުން ދޫކުރު ގޯތިތައް ބޮޑުކުރުމުގެ ހުއްދަ ދޭނަން - ރައީސް މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ލ.ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ 2019 ވަނަ އަހަރު ދޫކޮށްފަައިވާ ގޯތިތަކުގެ ޖާގަ ކުޑަވުމަކީ ގަމުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެގޯތިތަކުގެ ޖާގަ ބޮޑުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
12 Apr 2024
ލ.އަތޮޅުގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްޤީކުރާނަން - ވަޒީރު ފައިސަލް
ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާ ކަމަށް ފަރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ލ. ގަމުގައި ބޭއްވި ޖަލްސާގައި ވަޒީރު ފައިސަލް ވިދާޅުވީ ލ.އަތޮޅުގެ ތަރައްގީ އަށް މި ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ރާވާފައިވާ ކަމަށާއި، އެ ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުން ލ.އަތޮޅުގެ ރައްޔިތުން ބޭނުން ކުރުމަށާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
08 Mar 2024
އެންމެ ފަހުގެ ޗެންޕިއަން ގަން ބަލިކޮށް އޭދަފުށި ޗެންޕިއަންކަން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށް ބ.އޭދަފުށި މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
05 Mar 2024
ޕެނަލްޓީގައި ގާފަރު ބަލިކޮށް މުބާރާތްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކ. ގާފަރު އަދި ބ. އޭދަފުށި ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުން މޮޅުވެ އޭދަފުށިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
04 Mar 2024
ފަހަތުން އަރައި ވިލިމާލެ ބަލިކޮށް ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ފަހަތުން އަރައި ވިލިމާލެ 5-3 ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
01 Mar 2024
ޕެނަލްޓީގައި މަތިވެރި ބަލިކޮށް ޗެންޕިއަން ގަމުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ގަމާއި މަތިވެރި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން މޮޅުވެ ގަމުން މުބާރާތްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
24 Feb 2024
ވާދަވެރި ކުޅުމަކަށްފަހު ތިމަރަފުށި ބަލިކޮށް ޒޯން 6 ގެ ޗެންޕިއަންކަން ގަމުން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ޒޯން 6 ގެ ފައިނަލުގައި މިރޭ ރޭ ލ. ގަމާއި ތ. ތިމަރަފުށި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގަމުން ޒޯން 6 ގެ ޗެންޕިއަންކަން ދިފާއުކޮށްފި އެވެ.