ދިވެހި ކުޅިވަރު
08 Aug 2024
ފަސޭހަކަމާއެކު ރީތިފަރު އަތުން މޮޅުވެ ޖޯލި މޯލްޑިވްސް ގުރޫޕްގެ އެއްވަނައަށް
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ބުރާސްފަތި ދުވަހުގެ ރޭ ގުރޫޕް ބީގެ ރީތިފަރު މޯލްޑިވްސް އާއި ޖޯލި މޯލްޑިވްސް ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވެ ޖޯލި މޯލްޑިވްސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފި އެވެ.
08 Aug 2024
އަންހެން ޗެމްޕިއަންކަން ޔަމަޝީތާ ހޯދިއިރު ފިރިހެން ޖޫނިއަރ ޗެންޕިއަންކަން ހޯދީ ޓެއިލާ
ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޗެމްޕިއަންކަން ޖަޕާނުގެ ނަމީކާ ޔަމަޝީތާ ހޯދިއިރު، ފިރިހެން ޖޫނިއާ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޖޭ ޓެއިލާ ހޯދައިފިއެވެ.
07 Aug 2024
ފަސޭހަކަމާއެކު މާމުނަގައު ބަލިކޮށް ކުޑަފުށިން ސެމީފައިނަލްގެ އުންމީދު ދަމަހައްޓައިފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ބުދަ ދުވަހުގެ ރޭ ގުރޫޕް އޭގެ ކުޑަފުށި މޯލްޑިވްސް އާއި އިންޓަކޮންޓިނަންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކުޑަފުށި ކާމިޔާބުކޮށްފިއެވެ.
07 Aug 2024
ސީދާ ތިން ސެޓުން އާރަށް ބަލިކޮށް ޖޯލި މޯލްޑްސް އިން މުބާރާތް ފެށީ އިތުބާރާއެކު
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި އަންގާރަ ދުވަހުގެ ރޭ ގުރޫޕް ބީގައި ޖޯލި މޯލްޑިވްސް އާއި ހެރިޓެންސް އާރަށް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެ ޖޯލިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
06 Aug 2024
މީދުއްޕަރު ބަލިކޮށް މާމުނަގައު، މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ހޯމަ ދުވަހުގެ ރޭ ގުރޫޕް އޭގެ މީދުއްޕަރު މޯލްޑިވްސް އާއި އިންޓަކޮންޓިނަންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން މޮޅުވެ މާމުނަގައު އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
05 Aug 2024
އަތޮޅު ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ތަށި، 9 ވަނަ ފަހަރަށް މަހިބަދޫ އަށް
އދ އަތޮޅު ޒުވާނުންގެ 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، މިފަހަރުވެސް މަހިބަދޫއިން ހޯދައި ތަށި ދިފާއުކޮށްފި އެވެ.
05 Aug 2024
ވާދަވެރި ކުޅުމަކަށްފަހު ފާރުފުށި ބަލިކޮށް ރީތިފަރުން ފެށުން ރަނގަޅުކޮށްފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ އެމަރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާއި ރީތިފަރު ރިސޯޓް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން މޮޅުވެ ރީތިފަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
04 Aug 2024
ޓްރެކް ދަނޑުގައި، ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީކުރަނީ
މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި، ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.