ދިވެހި ކުޅިވަރު
26 Jul 2024
200 މީޓަރ ބެކްސްޓްރޯކް އަދި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އައުކޮށްފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓާއި 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އުންމީދީ ފެތުންތެރިއާ އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ.
25 Jul 2024
40 އަށްވުރެ ގިނަ ބައިވެރިންނާއެކު 'މުލީކޮޅުރާޅުގަނޑު 2024' ބުދަ ދުވަހު ފަށައިފި
ދިވެހި ސާފިން ލީގުގައި މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިންވަނަ މުބާރާތް 'މުލީކޮޅުރާޅުގަނޑު 2024' ބުދަ ދުވަހު މ.މުލީގައި ފަށައިފިއެވެ.
24 Jul 2024
ސައުތު ކާފްގެ ފައިނަލުގައި ވާދަކުރާނީ ކްރޮސްރޯޑްސް އާއި ހާޑްރޮކް
ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ސައުތު ކާފް ޒޯންގެ ފައިނަލުގައި ކްރޮސްރޯޑްސް އާއި ހާޑްރޮކް މޯލްޑިވްސް ބައްދަލުކުރުމަށް ހަމަޖެހިއްޖެ އެވެ.
23 Jul 2024
ފީފާގެ ނިންމުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މަރުހަބާ ވިދާޅުވެއްޖެ
އެފްއޭއެމް ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ފީފާއިން ނިންމި ނިންމުމަށް ދިވެހި ރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މަރުހަބާ ވިދާޅުވެއްޖެ އެވެ.
23 Jul 2024
އެފްއޭއެމްގެ ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމައިފި
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފި އެވެ.
22 Jul 2024
ވާދަވެރި ކުޅުމަކަށްފަހު މުކުރިމަގު ބަލިކޮށް އަތޮޅު ޗެންޕިއަންކަން ތުނޑި އެފްސީއަށް
އުރީދޫ ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މުކުރިމަގާއި ތުނޑި އެފްސީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ ތުނޑި އެފްސީ، މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
21 Jul 2024
"އިތާ ވޮލީބޯޅަ މުބާރާތް 2024" ޗެންޕިއަން ޖޯލި ބީއިންގ އާއި ކުޑަފުށި އެއް ގުރޫޕެއްގައި
ރ. މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން، އެ އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2024" ގެ ގުރުއަތުލުން ބޭއްވިއިރު، އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީއިންގ އާއި ރަނަރަޕް ކުޑަފުށި އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.
21 Jul 2024
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުުމުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އާއި މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.