ކުޅުދުއްފުށި ސިޓީގައި މިއަހަރު ބޭއްވުނު އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން... ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް
ކުޅިވަރު
07 Nov 2024 | 17:27
އާންމުކޮށް ހުޅުވާލައިގެން ފިރިހެން ޤައުމީ ބީޗް ހޭންޑްބޯލް ސްކޮޑެއް އެކުލަވާލަނީ

ސިނިއަރ ފިރިހެން ޤައުމީ ބީޗް ހޭންޑްބޯލް ސްކޮޑެއް އެކުލަވާލުމަށް ނިންމައި، ހޭންޑްބޯޅަ މޯލްޑިވްސްއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ހޭންބޯޅަ މޯލްޑިވްސް އިން މިއަދު ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން އެ އެސޯސިއޭޝަނުން ސިނިއަރ ފިރިހެން ޤައުމީ ބީޗް ހޭންޑްބޯލް ސްކޮޑެއް އެކުލަވާލުމަށް ބޭނުންވާތީވެ، މިކަމަށް ޝައުޤުވެރިކަން ހުރި އެންމެ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލެވިފައިވާކަން އިއުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެންބަރ 2024 ވަނަ ދުވަހުގެ ކުރީން، އެ އިއުލާނުގައި ބަޔާންކުރެވިފައިވާ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެސޯސިއޭޝަނުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން އެއިއުލާނުގައިވާ ގޮތުން ސިނިއަރ ފިރިހެން ޤައުމީ ބީޗް ހޭންޑްބޯލް ސްކޮޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީ ޒުވާނުންނަށެވެ. އަދި ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގެ ބީޗްހޭންޑްބޯލް ކޯޓްގައެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް، 7590743 ނަންބަރު ފޯނަށް ގުޅުއްވުމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ވަނީ އެދިލައްވާފައެވެ.

ގޫގަލް ފޯމް ލިންކް:https://forms.gle/dvGrDqntHi7D2XWw9

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.