ދިވެހި ކުޅިވަރު
01 Aug 2024
50 މީޓަރ ފްރީސްޓައިލް އިވެންޓް ގައުމީ ރެކޯޑް އާން އައުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ 'ޕެރިސް އޮލިމްޕިކްސް 2024' ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސައިން 50 މީޓަރ ފްރީސްޓައިލްގެ ގައުމީ ރެކޯޑް އައު ކޮށްފިއެވެ.
01 Aug 2024
ކާވާ ބީޗް ވޮލީ މުބާރާތް 2024: ދިވެހި ދެޓީމުވެސް މުބާރާތް ފެށީ އިތުބާރާއެކު
ބޫޓާންގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލިބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ ދެ ޕެއަރ ވެސް މުބާރާތް ފެށީ މޮޅަކާއެކު އެވެ.
31 Jul 2024
އައިސީސީއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމާއި ވޯކްޝޮޕް ނިންމާލައިފި
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގުޅިގެން މާލޭގައި ކުރިޔަށްގެންދިޔަ ދެ ތްމަރީން ޕްރޮގްރާމެއް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
30 Jul 2024
ޓެކާސް ރިސޯޓް ކަޕު: ދާލު ޒޯންގެ ކުޅުން ބުރާސްފަތި ދުވަހު ފަށަނީ
ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕު 2024 ގެ ހިމެނޭ ދ. ޒޯނުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
30 Jul 2024
ދެވަނަ މެޗުން ބަލިވެ ނަބާހާ މުބާރާތުން ކެޓިއިރު، ފެނިގެންދިޔައީ ތަޖްރިބާގެ ފަރަގު
ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ބެޑްމިންޓަން ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފާތިމަތު ނާބާހާ އަބްދުރައްޒާގް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.
30 Jul 2024
ވާދަވެރި ކުޅުމަކަށްފަހު އަޒްމީން ތަށި ދިފާއުކޮށްފި
33 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖައަކުން އިބްރާހިމް ހުޖާން އަލީ ބަލިކޮށް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިސްމާއިލް އަޒްމީން ކާމިޔާބުކޮށްފިއެވެ.
28 Jul 2024
ފުރަތަމަ މެޗުން ނަބާހާ ބަލިވެއްޖެ
ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ބެޑްމިންޓަން އަންހެނުންގެ ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ފާތުމަތު ނަބާހާ އަބްދުލް ރައްޒާގު ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާގެ ޕުސާލާ ވެންކަޓާ ސިންދޫ އަތުން ސީދާ ދެ ސެޓުން ނަބާހާ ބަލިވެއްޖެއެވެ.
27 Jul 2024
"މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ އެއްވަނަ ސްމައިލީއަށް
ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފިއެވެ.