ދިވެހި ކުޅިވަރު
27 Jun 2024
ވާދަވެރި ކުޅުމަކަށްފަހު އެސްޕީ ބަލިކޮށް ވައިޕާސް ފައިނަލަށް
ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު އެސްޕީ އާއި ވައިޕާސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ވައިޕާސް އިން ހޯދައިފިއެވެ.
25 Jun 2024
ޝަނާންގެ ހެޓްރިކާއެކު ޑީޑަބްލިޔު ފިނިޝިންގ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްޖީ ފުޓްބޯޅަ ޓީމު ސެމީއަށް
ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޑީޑަބްލިޔު ފިނިޝިންގ އާއި އެމްޖީ ފުޓްބޯޅަ ޓީމު ވާދަކުރި މެޗު ފަސޭހަކަމާއެކު 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
24 Jun 2024
"މޯލްޑިވްސް އޯޕަން 2024" ގައި ވާދަކުރާ ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިންނާއި ޖޯޒީ ހަވާލުކޮށްފި
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށް ރާއްޖޭގައި ބާއްވާ "މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕް" ވާދަކުރާ ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފިއެވެ.
23 Jun 2024
އެސްޕީ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތް ފެށީ އިތުބާރާއެކު
ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެސްޕީ އާއި ޑީޑަބްލިޔު ފިނިޝިންގ ވާދަކުރި މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
23 Jun 2024
ލޫތުގެ މޮޅު ކުޅުމާއެކު ހަލަފް ބަލިކޮށް ސްޓްރީޓް ބްރަދާސް ޗެންޕިއަންކަން ހޯދައިފި
އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024"ގެ ފައިނަލުގައި ވާދަވެރި ކުޅުމަށްފަހު 4-3 ގެ ނަތީޖާއަކުން ހަލަފް އެފްސީ ބަލިކޮށް ސްޓްރީޓް ބްރަދާސް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
22 Jun 2024
ފަހަތުން އަރައި އެންމެ ފަހުގެ ޗެންޕިއަން ބަލިކޮށް ކޮންއިން ސެމީ ފައިނަލް ޔަގީންކޮށްފި
ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ކްލަބް ފްލަޔަރސް އާއި ކޮން ވާދަކުރި މެޗު ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ ކޮންއިން މުބާރާތުފެ ސެމީފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ.
21 Jun 2024
ވާދަވެރި ކުޅުމަކަށްފަހު ޑީޑަބްލިޔު ފިނިޝިންގ ބަލިކޮށް އެސްޕީ އިން ފެށުން ރަނގަޅުކޮށްފި
ކާށުދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެސްޕީ އާއި ޑީޑަބްލިޔު ފިނިޝިންގ ވާދަކުރި މެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްޕީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
21 Jun 2024
ފަސޭހަކަމާއެކު އަލްގޭ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ސްޓްރީޓް ބްރަދާސްއަށް
އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024"ގެ ސެމީފައިނަލު ދެވަނަ މެޗުގައި 9-2 ގެ ތަފާތުބޮޑު ނަތީޖާއަކުން އަލްގޭ ބަލިކޮށް މުބާރާތުގެ ފައިނަލުން ސްޓްރީޓް ބްރަދާސް ޖާގަ ހޯދައިފިއެވެ.
21 Jun 2024
ހާމިދުގެ ހެޓްރިކާއެކު ކިފުޅިއަންސް ކަޓުވާލުމަށްފަހު، ހަލަފް އެފްސީ ފައިނަލަށް
އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024"ގެ ސެމީފައިނަލު ފުރަތަމަ މެޗުގައި 6-3 ގެ ނަތީޖާއަކުން ކިފުޅިއަންސް ބަލިކޮށް މުބާރާތުގެ ފައިނަލުން ހަލަފް އެފްސީ ޖާގަ ހޯދައިފިއެވެ.
20 Jun 2024
ފީފާއިން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމު ސަސްޕެންޑް ކޮށްފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.