މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024 ގެ ތެރެއިން...
ކުޅިވަރު
18 Oct 2024 | 01:32
ސްޕޯޓްސް އެވޯޑް: އެންމެ މޮޅު އެތްލީޓުގެ މަގާމު ދީމާ އަދި ޝައްފާންއަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024 ގެ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅިވަރު އެތުލީޓުންގެ މަގާމު، ފާތިމަތު ދީމާ އަލީ ހޯދިއިރު، އެންމެ މޮޅު ފިރިހެން ކުޅިވަރު އެތުލީޓުންގެ މަގާމު މުހައްމަދު ޝައްފާން އިސްމާއީލް ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން ކުޅިވަރުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

މި ހަފްލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓަށް އެވޯޑް ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފްވެރި މެހެމާން ރާއްޖޭގެ އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓް ދީމާ ވަނީ އައިއޯއައިޖީން ރާއްޖެއަށް ރަން ކާމިޔާބީތަކެއް ގެނެސްދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ފަހުރުވެރި ކާމިޔާބީތައް ހޯދައިދީފައެވެ. އޭގެ އިތުރުން ދީމާ މިއަހަރުގެ އޮލިމްޕިކްސްއަށް ކޮލިފައިވެ، އޭނާ ވެފައިވަނީ ރާއްޖޭގެ ތާރީހުގައިވެސް އޮލިމްޕިކްސްއަކަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

ޝައްފާނަކީވެސް ރާއްޖެއަށް އައިއޯއައިޖީން ރަން މެޑަލް ގެނެސްދިން އެތުލީޓެކެވެ. ޓީމް އިވެންޓްގެ އިތުރުން ފިރިހެން ޑަބަލްސްއިންވެސް ޝައްފާން ރަން މެޑަލް ހޯދާފައިވާ އިރު، ގައުމީ ޓީޓީ ޗެމްޕިއަންކަން އެ އަހަރު ހޯދީވެސް ޝައްފާނެވެ.

މިރޭގެ އިތުރު އެވޯޑުތަކަށް ބަލައިލާ އިރު، އަންހެން އެންމެ މޮޅު އެތުލީޓުގެ ދެވަނަ ހޯދީ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުލްރައްޒާގެވެ. އަދި އެ ކެޓަގަރީގެ ތިންވަނައަކީ ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަބްދުލްރައްޒާގެވެ.

ފިރިހެން އެންމެ މޮޅު އެތުލީޓްގެ ތިންވަނަ މަގާމު ހޯދީ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދެވެ. އެ ކެޓަގަރީން ދެވަނަ މަގާމު ހޯދީ، ބޮޑީބިލްޑިންއިން ގިނަ ކާމިޔާބީތަކެއް މިދިޔަ އަހަރުވެސް ހޯދި އަޒްނީން ރަޝާދެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ކްލަބު އީގަލްސްގެ ފޯވަޑް އަހުމަދު ރިޒުވާން (ރިޒޭ) ހޮވުނު އިރު، އެންމެ މޮޅު ޒުވާން އެތުލީޓުންނަކީ ޓީޓީ ކުޅުންތެރިޔާ އަހްޔަރު އަހުމަދު ހާލިދު އަދި ދީމާއެވެ. އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔަކަށް ކްލަބު ވެމްކޯގެ އައިޝަތު މާޖިދާ ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔަކީ ސިފައިން ކްލަބުގެ އާދަމް ނަސީމެވެ.

ފިރިހެން އެންމެ މޮޅު ފެތުންތެރިޔަކީ މުހައްމަދު ރިހާން ޝިހާމެވެ. އަންހެން އެންމެ މޮޅު ފެތުންތެރިޔަކަށް މިރާލް އައިން ލަތީފް ހޮވުނު އިރު، އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔަކަށް ހޮވުނީ ނަބާ ނިޝާނެވެ. އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔަކީ އަބްދުﷲ ފާއިހެވެ.

ސާފިން އެންމެ މޮޅު އަންހެން އެތުލީޓަކަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ސާފަރަކަށް ހޮވުނީ ހުސައިން އަރީފް (އިބޫ) އެވެ. އޭނާއަކީ މިހާރު ގައުމީ ސާފިން ޓީމުގެ ކޯޗެވެ. ބިލިއާޑްގެ އެންމެ މޮޅު އެތުލީޓުންނަށް ހަސަން ޝާޒް މުހައްމަދާއި ދީނާ އަހުމަދު ހޮވުނު އިރު، ނެޓްބޯޅައިގެ އެންމެ މޮޅު އެތުލީޓަކީ އައިޝަތު ސަލީމާއެވެ.

ހޭންޑް ބޯޅައިގެ އެވޯޑުތައް ލިބުނީ މުހައްމަދު ޔަޝްމު އަހުމަދާއި ފާތިމަތު އަރޫޝާއަށެވެ. އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނާސިފް އުމަރެވެ. އެންމެ މޮޅު ޗެސް ކުުޅުންތެރިންނަށް މުޖާހިދު ބިން ޔަޒީދާއި ނިހާޔާ އަހުމަދު ހޮވުނު އިރު، ކެރަމްގެ އެވޯޑުތައް ލިބުނީ އައިމިނަތު ވިދާދާއި އިސްމާއީލް އަޒްމީނަށެވެ.

ބޮޑީބޯޑިންގެ އެންމެ މޮޅު އެތުލީޓަކަށް އަލީ ހުޝްރުވާން (ކުޑަ އައްޔަ) ހޮވުނު އިރު، ބާސްކެޓް އެވޯޑުތައް ގެންދިޔައީ އިސްމާއީލް ވިލްދާން ޔޫސުފާއި ފާތިމަތު ރިޝްމާއެވެ. އެތުލެޓިކްސްގެ އެންމެ މޮޅު އެތުލީޓުންނަކީ ހަސަން ސާއިދާއި އަހްނާ ނިޒާރެވެ. އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކީ އެތުލެޓިކްސް ކޯޗު އަހުމަދު ފާއިލްއެވެ. އެންމެ މޮޅު އަންހެން ކޯޗަކީ ހޭންޑްބޯލް ކޯޗު ނަޝްފާ އާމިރާއެވެ.

އޭގެ އިތުރުން ރާއްޖެއަށް މެޑަލް ގެނެސްދިން އެތުލީޓުންގެ އަގު ވަޒަންކޮށް، ހިދުމަތްތެރިންނަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، ޝަރަފުގެ އެވޯޑު ވެސް މިރޭގެ އިވެންޓުގައި އަރުވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.