ދިވެހި ކުޅިވަރު
15 Jun 2024
މެރާލް 100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް އައުކޮށްފި
ރާއްޖޭގެ ހުނަރުވެރި ފެތުންތެރިއާ މެރާލް އައިން ލަތީފް އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް އައުކޮށްފި އެވެ.
14 Jun 2024
ޕެނަލްޓީގައި ކެހެޝާ ބަލިކޮށް ގޯޓު އެފްސީ ފައިނަލަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލް ދެވަނަ މެޗުގައި ގޯޓް އެފްސީ އާއި ކެހެޝާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެ ގޯޓް އެފްސީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
14 Jun 2024
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިންކޮގްނިޓޯ ކަޓުވާލުމަށްފަހު ލާސްޓް މިނެޓް ފައިނަލަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން އިންކޮގްނިޓޯ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެފްސީ ލާސްޓް މިނެޓުން ހޯދައިފިއެވެ.
14 Jun 2024
ޗެސްގެ ފޯރިގަދަވިއިރު، އެންމެ ކުރީގައި ނިހާޔާ އަދި ޝުއާއު
ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޅޭ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން މިވަގުތު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ޗެސް އެވެ. އެގޮތުން މިކުޅިވަރުގައި ގައުމީ ފެންވަރުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު އަަަަހަރަކަށް ފަހު އަހަރެއް އުތުރުވަމުން އަންނައިރު، މިއަހަރުގެ ގައުމީ ޗެސް މުބާރާތުގައި ވަނީ ރެކޯޑް އަދަދަކަށް ކުޅުންތެރިން ބައިވެރިވެފައެވެ.
12 Jun 2024
ރ.އަތޮޅު ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހޮލިޑޭ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމް ކޮށްގެން މާލެ ސިޓީގައި ބާއްވާ 'ރ.އަތޮޅު ފުޓްސަލް ޗެލެންޖް 2024' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
12 Jun 2024
ނާސާ ބަލިކޮށް ސެމީ ފައިނަލުގެ ފަހު ޖާގަ ގޯޓް އެފްސީއަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ފިރިހެން ޑިވިޝަން ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި ނާސާ އާއި ގޯޓް އެފްސީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-6 ގެ ނަތީޖާއަކުން މޮޅުވެ ގޯޓް އެފްސީ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
12 Jun 2024
ޕެނަލްޓީގައި ވައިޓް ކެޕްސް ކަޓުވާލުމަށްފަހު ކެހެޝާ ސެމީއަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ފިރިހެން ޑިވިޝަން ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ކެހެޝާ އެފްސީގެ ވައިޓް ކެޕްސް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 8-9 ގެ ނަތީޖާއަކުން މޮޅުވެ ކެހެޝާ އެފްސީގެ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
11 Jun 2024
ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް އަންހެން ޑިވިޝަންގެ ތަށި ރެޑްހޯކްސް ދިފާއުކޮށްފި
ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 23-21 ގެ ނަތީޖާއަކުން އޮރިކްސް ބަލިކޮށް ރެޑްހޯކްސް ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.