ދިވެހި ކުޅިވަރު
25 May 2024
100މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑް އާން އައުކުރިއިރު، 1500 މީޓަރުގެ ރެކޯޑް ރިހާން އައުކޮށްފި
މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިއާ މުޙައްމަދު އާން ޙުސައިން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކުރިއިރު، 1500 މީޓަރުގެ ރެކޯޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ
21 May 2024
ސައުތު އޭޝިޔަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ޖަރޒީ ހަވާލުކޮށްފި
ސައުތު އޭޝިޔަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންނާ ޖަރޒީ ހަވާލުކޮށްފި އެވެ.
17 May 2024
އޮލިމްޕިކަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފާއެކު ދީމާ މިއަދު ރާއްޖެ އަތުވެއްޖެ
އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ކޮލިފައި ރާއްޖޭގެ ފުރަތަމަ އެތްލީޓް ފާތިމަތު ދީމާ އަލީ މިއަދު ހަވީރު ރާއްޖެ އައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
15 May 2024
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު، ދީމާއަށް ރައީސް ޑރ. މުޢިއްޒުގެ ތަހުނިޔާ
ދިވެހިރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓު، ޓޭބަލް ޓެނިސްގެ ތަރި، ފާތިމަތު ދީމާއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދިވެހި ކުޅިވަރުގެ ތާރީޚީ ވަގުތެއް ކަމަށެވެ. އަދި ދީމާގެ އެ ފުރިހަމަ ކާމިޔާބީއަށް މަރުުހަބާ ވިދާޅުވެ ދީމާ މުޅި ދިވެހިރާއްޖެވެސް ފަޚުރުވެރިކުރުވައިފި ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޑރ.މުޢިއްޒު ވަނީ، އޮލިމްޕިކްސްގައި ދީމާއަށް ކާމިޔާބީއަށް އެދޭކަމަށްވެސް ވިދާޅުވެފައެވެ.
15 May 2024
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާއެކު ދީމާ، މުޅި ރާއްޖެ ފަޚުރުވެރިކުރުވައިފި
މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ، ކޮލިފިކޭޝަނުގެ ފައިނަލުން، ދީމާ، 1-4 ސެޓުން މެޗު ކާމިޔާބުކޮށް، އޮލިމްޕިކްސް ގައި ވާދަކުރަން ހޮވުނު އިރު މިއީ ދިވެހި ތާރީޚުގައި ވެސް ދިވެހި އެތުލީޓަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ދީމާގެ މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ ގިނަ އިސްވެރިންތަކެއް ވަނީ ދީމާއަށް މަރުޙަބާ ކިޔާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު ވެސް ވަނީ ދީމާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
08 May 2024
ފަސޭހަކަމާއެކު ދިގަލި ބަލިކޮށް ކޯރާ ކޯރާ ޗެންޕިއަންކަން ހޯދައިފި
"ރާބަދި ޗެލެންޖް 2024" ގެ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ދިގަލި މޯލްޑިވްސް 6-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ކޯރާ ކޯރާ މޯލްޑިވްސް އިން ހޯދައިފިއެވެ. އަދި މިއީ މިމުބާރާތުގެ ތަށި ކޯރާ ކޯރާ އިން ކާމިޔާބުކުރި ފުރަތަމަ ފަހަރަވެ.
07 May 2024
ވާދަވެރި ކުޅުމަކަށްފަހު ޖޯލި ބަލިކޮށް ދިގަލި ފައިނަލަށް
"ރާބަދި ޗެލެންޖް 2024" ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ދިގަލި މޯލްޑިވްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
07 May 2024
ފަސޭހަކަމާއެކު ކުޑަފުށި ބަލިކޮށް ކޯރާ ކޯރާ ފުރަތަމަ ފަހަރަށް ފައިނަލަށް
"ރާބަދި ޗެލެންޖް 2024" ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކޯރާ ކޯރާ މޯލްޑިވްސް އާއި ކުޑަފުށި ވާދަކުރި މެޗު ފަސޭހަކަމާއެކު 6-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ކޯރާ ކޯރާ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.