ނަބާހާ އަބްދުލް ރައްޒާގު
ކުޅިވަރު
28 Jul 2024 | 14:50
ފުރަތަމަ މެޗުން ނަބާހާ ބަލިވެއްޖެ

ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ބެޑްމިންޓަން އަންހެނުންގެ ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ފާތުމަތު ނަބާހާ އަބްދުލް ރައްޒާގު ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާގެ ޕުސާލާ ވެންކަޓާ ސިންދޫ އަތުން ސީދާ ދެ ސެޓުން ނަބާހާ ބަލިވެއްޖެއެވެ.

ދުނިޔޭގެ އަންހެނުންގެ ރޭންކިންގގެ 13 ވަނައިގައި މިވަގުތު އޮތް އިންޑިއާގެ ޕުސާލާ ވެންކަޓާ ސިންދޫ އަކީ ދެފަހަރެއްގެ މަތިން އޮލިމްޕިކްސްގައި މެޑަލް ހޯދާފައިވާ ފެންވަރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުންވެސް ވަރަށް ތަފާތު މޮޅު ކުޅުންތެރިއެކެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދާފައިވާ ސިންދޫ އާއި ދެކޮޅަށް ނަބާހާ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ނަބާހާ ފެށީ ވަރަށް ވަރުގަދަކޮށެވެ. އަދި މިސެޓުގެ ކުރީކޮޅު 4-4 ގެ ނަތީޖާއަކުން ދެކުޅުންތެރިން އެއްވަރުވި ނަމަވެސް ސިންދޫ ވަނީ އޭނާގެ ތަޖުރިބާ ބޭނުންކޮށް ނަތީޖާގެ ފަރަގުބޮޑުކޮށްފައެވެ. އަދި މިސެޓް ސިންދޫ ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކާއެކު 9-21ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ސިންދޫ ފެނިގެންދިޔައީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. އަދި މިސެޓް ފަސޭހަކަމާއެކު ސިންދޫ ކާމިޔާބުކޮށްފައިވަނީ 14 ޕޮއިންޓްގެ ފަރަގަޖާއެކު 6-21ގެ ނަތީޖާ އަކުންނެވެ. ނަމަވެސް މުޅި މެޗުގެ ކުޅުމަށް ބަލައިރު މެޗުން ބަލިވިނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސިންދޫ އާއި ދެކޮޅަށް ނަބާހާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހިތްވަރުގަދަ އުންމީދީ ކުޅުމެކެވެ.

ޕެރިސް އޮލިމްޕިކްސްގެ ބެޑްމިންޓަން އަންހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި ނަބާހާ ދެން ވާދަ ކުރަން ޖެހޭނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.