ދިވެހި ކުޅިވަރު
07 May 2024
"މައްޔާ ފުޓްސަލް ވާދަ 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫ ދާއިރާއަށް ހުޅުވާލައިގެން "މައްޔާ ފުޓްސަލް ވާދަ 2024" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
06 May 2024
ޕެނަލްޓީގައި މީދުއްޕަރު ބަލިކޮށް ސެމީގެ ފަހު ޖާގަ ޖޯލިން ހޯދައިފި
"ރާބަދި ޗެލެންޖް 2024" ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ޖޯލި ބީއިންގ މީދުއްޕަރު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖައަކުން މޮޅުވެ ޖޯލިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
05 May 2024
ތަފާތުބޮޑު ނަތީޖާއަކުން ދަ ސްޓޭންޑާޑް ބަލިކޮށް ކޯރާ ކޯރާ ސެމީއަށް
"ރާބަދި ޗެލެންޖް 2024" ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަ ސްޓޭންޑާޑް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކޯރާ ކޯރާ އިިން ކަށަވަރުކޮށްފިއެވެ.
05 May 2024
ފަސޭހަކަމާއެކު ކޮތައިފަރު ބަލިކޮށް ދިގަލި ސެމީފައިނަލުން ޖާގަ ހޯދައިފި
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ކުއާޓާ ފައިނަލުގެ ދެވަނަ މެޗު 4-0 ގެ ނަތީޖާއަކުން ކޮތައިފަރު ބަލިކޮށް ދިގަލި މޯލްޑިވްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
05 May 2024
ތަފާތުބޮޑު ނަތީޖައަކުން މާމުނަގައު ބަލިކޮށް ކުޑަފުށި ސެމީ ފައިނަލަށް
"ރާބަދި ޗެލެންޖް 2024" ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ފަސޭހަކަމާއެކު 7-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މާމުނަގައު ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކުޑަފުށިން ހޯދައިފިއެވެ.
04 May 2024
މުހައިމިންގެ ހެޓްރިކާއެކު އެމެރަލްޑް މޯލްޑިވްސް ބަލިކޮށް މީދުއްޕަރުން ކުއާޓާ ޔަގީންކޮށްފި
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 2-6 ގެ ނަތީޖާއަކުން އެމެރަލްޑް މޯލްޑިވްސް ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މީދުއްޕަރުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
04 May 2024
ފުރަވެރި އާއި ރީތިފަރު އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުޑަފުށި ކުއާޓާ ފައިނަލަށް
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ބީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ފުރަވެރި އާއި ރީތިފަރު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގައެއް ކުޑަފުށިން ޔަގީންކޮށްފިއެވެ.
03 May 2024
ސްޓޭންޑާޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮތައިފަރު ކުއާޓާ ފައިނަލަށް
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ޑީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ދަ ސްޓޭންޑާޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮތައިފަރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.