ޖަޕާނުގެ ނަމީކާ ޔަމަޝީތާ (ވ) އަދި އޮސްޓްރޭލިއާގެ ޖޭ ޓެއިލާ (ކ).. ފޮޓޯ: ވަން ސްޕޯޓްސް
ކުޅިވަރު
08 Aug 2024 | 02:13
އަންހެން ޗެމްޕިއަންކަން ޔަމަޝީތާ ހޯދިއިރު ފިރިހެން ޖޫނިއަރ ޗެންޕިއަންކަން ހޯދީ ޓެއިލާ

ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޗެމްޕިއަންކަން ޖަޕާނުގެ ނަމީކާ ޔަމަޝީތާ ހޯދިއިރު، ފިރިހެން ޖޫނިއާ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޖޭ ޓެއިލާ ހޯދައިފިއެވެ.

މާލޭ ސިޓީގައި ހޮނިހިރު ދުވަހު ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލް އިވެންޓްތައް ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު، އަންހެން އިވެންޓުން ޔަމަޝީތާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެގައުމުގެ ލެޖެންޑަރީ ބޮޑީބޯޑަރު، އަދި މިދިޔަ އަހަރުގެ އަންހެން ދުނިޔޭގެ ޗެމްޕިއަން ސާރީ އޮހާރާ ބަލިކޮށްގެންނެވެ. އަދި ފިރިހެން ޖޫނިއާ ޗެންޕިއަންކަން ޓެއިލާ ހޯދީ ފައިނަލުގައި، ވޯލްޑް ޗެމްޕިއަންކަމަށް ވާދަކުރަމުންދާ ރޭންކިން ދެވަނައިގައި އޮތް ޗިލީގެ މިކޭލޭ އަރައިގަދާ ބަލިކުރުމަށްފަހުއެވެ.

ފައިނަލުގައި ޔަމަޝީތާ ޖުމްލަ 12.75 ޕޮއިންޓް ހޯދިއިރު، ސާރީއަށް އަށް ހޯދުނީ 12.00 ޕޮއިންޓެވެ. އެގޮތުން ޔަމަޝީތާ އެންމެ ސްކޯ ރަނގަޅު ދެ ރާޅުގެ ތެރެއިން އެއް ރާޅުގައި 6.50 ޕޮއިންޓް ހޯދިއިރު، އަނެއް ރާޅުގައި އޭނާ ވަނީ 6.25 ޕޮއިންޓް ހޯދާފައެވެ. އަދި ފައިނަލުގެ ފޭވަރޭޓުންގެ ގޮތުގައި ނުކުތް ސާރީއަށް އެންމެ ސްކޯ ރަނގަޅު ދެ ރާޅުގެ ތެރެއިން އެއް ރާޅުގައި 7.00 ޕޮއިންޓް ލިބުނުއިރު، އަނެއް ރާޅުގައި ހޯދުނީ 6.00 ފޮއިންޓެވެ.

ފިރިހެން ޖޫނިއާ ޗެންޕިއަންކަން ޓެއިލާ ހޯދީ ފައިނަލުގައި، ވޯލްޑް ޗެމްޕިއަންކަމަށް ވާދަކުރަމުންދާ ރޭންކިން ދެވަނައިގައި އޮތް ޗިލީގެ މިކޭލޭ އަރައިގަދާ ބަލިކުރުމަށްފަހުއެވެ.

ފައިނަލުގައި ޓެއިލާ ޖުމްލަ 14 ޕޮއިންޓް ހޯދިއިރު، މިކޭލޭ އަރައިގަދާ އަށް ހޯދުނީ 8.89 ފޮއިންޓެވެ. އެގޮތުން ޓެއިލާގެ އެންމެ ސްކޯ ރަނގަޅު ދެ ރާޅުގެ ތެރެއިން އެއް ރާޅުގައި ހަ ޕޮއިންޓް ހޯދިއިރު، އަނެއް ރާޅުގައި އޭނާ ވަނީ އަށް ޕޮއިންޓް ހޯދާފައެވެ. އަދި ފައިނަލުގެ ފޭވަރޭޓުންގެ ގޮތުގައި ނުކުތް މިކޭލޭ އަރައިގަދާގެ އެންމެ ސްކޯ ރަނގަޅު ދެ ރާޅުގެ ތެރެއިން އެއް ރާޅުގައި 3.30 ޕޮއިންޓް ލިބުނުއިރު، އަނެއް ރާޅުގައި ހޯދުނީ 5.56 ޕޮއިންޓެވެ.

03 އޮގަސްޓް 2024 އިން 09 އޮގަސްޓް 2024 އަށް މާލޭ ސިޓީގައި ކުރިއަށްދާ "ވިސިޓް މޯލްޑިވްސް 2024" ގައި މި މުބާރާތުގައި 14 ގައުމަކުން ޖުމްލަ 86 އެޓްލީޓުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.