ރާއްޖޭގެ އިސްމާއިލް ސާޖިދު އާއި އާދަމް ނަސީމް މުބާރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ސިޑިބަރި
ކުޅިވަރު
03 Aug 2024 | 15:36
(ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ރަންމެޑަލް ދިވެހި ޓީމު ދިފާއުކޮށްފި

ކާވާ، ބީޗް ވޮލީބޯލް ޗެލެންޖު ކަޕު 2024ގެ ފައިނަލުގައި ނޭޕާލުގެ އެއް ވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު އާއި އާދަމް ނަސީމް ގެ ޕެއާ އިން ސަރަހައްދުގެ ބީޗްވޮލީގެ ރަން މެޑަލް ދިފާއުކޮށްފި އެވެ.

މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗުގައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ، 21-19، 21-17 އިންނެވެ. ކޮންމެ ސެޓެއްގައި ވެސް ނޭޕާލުގެ މަން އާއި ދިލްގެ ޕެއާ އިން ކޮންމެ ވެސް ވަރެއްގެ ޗެލެންޖެއް ދެވޭތޯ މަސައްކަތްކުރި އެެވެ. އެ ގޮތުން ފުރަތަމަ ސެޓުގެ މެދަކާހަމައިން ވަރަށް ހަމަހަމަކޮށް ވެސް ދިޔަ އެވެ. އެހެން ނަމަވެސް، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ ތަޖުރިބާ އާއި ހުނަރުގެ ބޭނުންކޮށް މެޗުތަކުން މޮޅުވެފަ އެވެ.

އެޑަމް އާއި ކުޑަކާއްޓެ މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި މި ވަނީ ވެސް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗާއި ސެމީން އެ ޕެއާ އިން މި ވަނީ ކާމިޔާބު ހޯދައިފަ އެވެ.

މީގެ ކުއެރިން، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން، ކާވާގެ ފުރަތަމަ ބީޗް މުބާރާތް ކާމިޔާބުކުރީ 2022 ވަނަ އަހަރު ޑިސެމްބަރު މަހުގަ އެވެ. ހަ ގައުމުން އަށް ޕެއާ ވާދަކުރި، އެ މުބާރާތުގެ ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ނުކުތީ މި ފަހަރު ވެސް ފައިނަލުގައި ކުޅުނު، މަން އާއި ދިލްގެ ޕެއާއާ ދެކޮޅަށެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން އެ ފަހަރު މޮޅުވީ، 21-13، 21-19 ސެޓުތައް ގެންގޮސްގެންނެވެ.

ރާއްޖޭގެ ދެ ވަނަ ޕެއާ، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ ސެމީގައި ބަލިވީ މަން އާއި ދިލްގެ ޕެއާ އަތުން، 21-10، 21-16 އިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.