ކުޑަފުއްޓާއި މާމުނަގައު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
ކުޅިވަރު
07 Aug 2024 | 23:33
ފަސޭހަކަމާއެކު މާމުނަގައު ބަލިކޮށް ކުޑަފުށިން ސެމީފައިނަލްގެ އުންމީދު ދަމަހައްޓައިފި

ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ބުދަ ދުވަހުގެ ރޭ ގުރޫޕް އޭގެ ކުޑަފުށި މޯލްޑިވްސް އާއި އިންޓަކޮންޓިނަންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކުޑަފުށި ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ކުޑަފުށިން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ އަތުން، ތިން ސެޓް އެއް ސެޓުން އެޓީމު ބަލިވެފައިވާއިރު، މާމުނަގައު ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ތިން ސެޓް ދެސެޓުން މީދުއްޕަރު އަތުން މޮޅުވެފައެވެ. 

މެޗުގެ ފުރަތަމަ ސެޓުގައި ކުޑަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 14-25 ގެ ނަތީޖާއަކުންނެވެ. އަދި ޖެހިގެންއައި ސެޓުގައި ވެސް މާމުނަގައުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ކުޑަފުށިން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި މާމުނަގައު އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 13-13 އިން ސެޓުގެ ނަތީޖާ އެއްވަރުވެސް ކޮށްފައެވެ. އަދި މިސެޓުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ކުޑަފުށިން ސެޓް ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ފަރަގަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަފުށީ ރޯޝަން އުދަޔަންގާ އެވެ.

މި މުބާރާތަކީ މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށް، މި އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

އެގޮތުން ގުރޫޕް އޭގައި އެންމެފަހުގެ ޗެންޕިއަން ޖޯލި ބީންގ އާއި ރަނަރަޕް ކުޑަފުށީގެ އިތުރުން ދެން ހިމެނެނީ މީދުއްޕަރު އަދި މާމުނަގައު އެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ ރީތިފަރު، ފާރުފުށި، ޖޯލި މޯލްޑިވްސް އަދި ހެރިޓެންސް އާރަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް މައިލޯ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.