ސީބީއެލްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު
04 Aug 2024 | 01:34
ވާދަވެރި ކުޅުމަކަށްފަހު މިލާން ކްރިކެޓް އެކެޑަމީ ބަލިކޮށް، ސީބީއެލް ޗެންޕިއަންކަން ހޯދައިފި

20 ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު އެއް ލަނޑުގެ ތަފާތަކުން އެންމެ ފަހުގެ ޗެންޕިއަން މިލާން ކްރިކެޓް އެކެޑަމީ ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ސީބީއެލް އިން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި 2022 ވަނަ އަހަރު ބާއްވަން ފެށި މިމުބާރާތް 2022 ވަނަ އަހަރު ސީބީއެލް އިން ކާމިޔާބުކުރީ ފައިނަލުގައި މާލޭ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން، މިލާން ކްރިކެޓް އެެކެޑަމީން ހޯދީ ފައިނަލުގައި މާލޭ ވެޓަރަންސް ބަލިކުރުމަށްފަހުއެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ހޮނިހިރު ދުވަހު މެންދުރު ފަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ، ޓޮސް ދިމާވުމުން ސީބީއެލް އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ކުޅެންއަރައި އެޓީމުން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން، 167 ލަނޑު ހެދިއިރު، އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 33 ބޯޅައިން 56 ލަނޑު ހެދި ކައުޝަލް ރޮޑްރީގޯ އަދި 35 ބޯޅައިން 36 ލަނޑު ހެދި ސަމިތާ ފެނާންޑޯއެވެ. މީގެ އިތުރުން މި އިނިންގްސްގައި، މިލާން ކްރިކެޓް އެކެޑަމީގެ އިސްމާއިލް ނަޒްވާން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން ނުކުމެ، މިލާނަށް 20 އޯވަރު ހަމަވިއިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 166 ލަނޑެވެ. އަދި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ، މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި، ޔޫސުފް އަޒްޔާން އެވެ.

އަޒްޔާން މިމެޗުގައި، 38 ބޯޅައިން 63 ލަނޑު ހެދިއިރު، އެޓީމުގެ އަހުމަދު ހަސަން ވަނީ 41 ބޯޅައިން 41 ލަނޑު ހަދާފައެވެ. އަދި މިމެޗުގައި އަޒްޔާން ވަނީ އަށް ފަހަރު ހަތަރަކަށް ޖެހުމުގެ އިތުރުން ދެ ފަހަރު ހަޔަކަށް ޖަހާފައެވެ. މީގެ އިތުރުން މިއިނިންސްގައި ސީބީއެލް މަލިތު ޑި ސިލްވާ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނެގިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެޓީމުގެ ހަރްޝާ އަމަރްސިންހޭ ވަނީ ތިން ވިކެޓް ނަގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.