މަހިބަދޫ ފުޓުބޯޅަ ޓީމް: ފޮޓޯ/ފަހުދު އަލީ
ކުޅިވަރު
05 Aug 2024 | 20:12
މާމިގިލި ބަލިކޮށް، އދ.އަތޮޅު ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ތަށި، 9 ވަނަ ފަހަރަށް މަހިބަދޫ އިން އުފުލާލައިފި

އދ އަތޮޅު ޒުވާނުންގެ 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، މިފަހަރުވެސް މަހިބަދޫއިން ހޯދައި ތަށި ދިފާއުކޮށްފި އެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް އަތޮޅު ފެންވަރުގައި އދ. މާމިގިލީގައި ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ކުޅިވަރުތަކުގެ ތެރެއިން، ޒުވާނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ޓީމުން ހޯދާފައި ވަނީ ފައިނަލް މެޗުގައި މާމިގިލި ޓީމާއި ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ. 

މިއަދު ހަވީރު މާމިގީލީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް މަހިބަދޫ ޓީމުންނެވެ. އެ ލަނޑު މަހިބަދޫއަށް ކާމިޔާބު ކޮށްދިނީ ޓީމްގެ ކެޕްޓަން ސަމޫހު (ސަމުއްޓޭ) އެވެ. ނަމަވެސް ލިބުނު ޕެނަލްޓީއެއްގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާމިގިލީ ޓީމުގެ ޖާޒީ ނަންބަރު 12 ޔަސްފާދު ހަބީބު، (މުލަކޭ) ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. 

އޭގެ ފަހުން ދެވަނަ ހާފުގައި މަހިބަދޫއިން ތިން ލަނޑު ޖަހައި 4-1 ނަތީޖާއަކަށް ފަރަގު ބޮޑުކޮށްފައިވާއިރު މާމިގިލީ ޓީމުންވެސް ވަނީ މެޗު ނިމެން ކައިވެފައި ވަނިކޮށް ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. 

އަތޮޅު ޒުވާނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފާއިތުވި އަހަރުވެސް ހޯދާފައިވަނީ މަހިބަދޫއިން ނެވެ. މިފަހަރު ހޯދި ތައްޓާއި އެކު، އަތޮޅު ޒުވާނުންގެ 13 މުބާރާތުގެ ތެރެއިން 9 މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ޓީމުން މިވަނީ ހޯދައި, އަތޮޅުގެ ފުޓްބޯޅައިގެ ޗެމްޕިއަނުންގެ ގޮތުގައި އަނެއްކާވެސް ވިދާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.