އައިސީސީ ރާއްޖޭގައި ކުރިޔަށް ގެންދިޔައީ ލެވެލް-2ގެ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން.. ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކުޅިވަރު
31 Jul 2024 | 19:18
އައިސީސީއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމާއި ވޯކްޝޮޕް ނިންމާލައިފި

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގުޅިގެން މާލޭގައި ކުރިޔަށްގެންދިޔަ ދެ ތްމަރީން ޕްރޮގްރާމެއް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

އައިސީސީ ރާއްޖޭގައި ކުރިޔަށް ގެންގޮސްފައި ވަނީ ލެވެލް-2 ގެ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމަކާއި ހައި ޕާފޯމަންސް ޓްރެއިންގް ވޯކްޝޮޕެވެ. އަދި މި ދެ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

އައިސީސީ އޭޝިއާ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދިޔަ ހަތަރު ދުވަހުގެ ކޯހެކެވެ. ޖުލައި 24 އިން 28 އަށް ކުރިއަށްދިޔަ މި ކޯހަށްފަހު ޖުލައި 29-30 ގައި ވަނީ ހައި ޕާފޯމަންސް ވޯކްޝޮޕު ކުރިޔަށް ގެންގޮސްފައި އެވެ.

އައިސީސީގެ އެންމެ މަތީގެ އިންސްޓަރަކްޓަރުންނާއިއެކު ކުރިއަށްދިޔަ މި ކޯހުގައި ކޯޗުންގެ ޒިންމާތަކާއި، ހުނަރުވެރި ކުޅުންތެރިން ދެނެގަންނާނެ ގޮތާއި، ކުޅުންތެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރާނެގޮތްތައްވަނީ ކިޔައިދީފަ އެވެ. މީގެ އިތުރުން ކްރިކެޓްގެ އެންމެ މުހިންމު ދެ ހުނަރު ކަމަށްވާ ބެޓްކުރުމާއި، ސްޕިން ބޯލިންގެ ހުނަރު ފާހަގަކޮށް އެކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.

ކްރިކެޓް ބޯޑުގެ އަމާޒަކީ ދިވެހި ކޯޗުންގެ ހުނަރު އިތުރުކުރުމަށް މިކަހަލަ ގިނަ ޕްރޮގްރާމްތަކެއް އައިސީސީއާ ގުޅިގެން ހިންގުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.