ފާތިމަތު ނާބާހާ އަބްދުރައްޒާގް
ކުޅިވަރު
30 Jul 2024 | 16:26
ދެވަނަ މެޗުން ބަލިވެ ނަބާހާ މުބާރާތުން ކެޓިއިރު، ފެނިގެންދިޔައީ ތަޖްރިބާގެ ފަރަގު

ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ބެޑްމިންޓަން ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފާތިމަތު ނާބާހާ އަބްދުރައްޒާގް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި ނަބާހާ ކުޅުނު ފުރަތަމަ މެޗުގައި، މިވަގުތު ދުނިޔޭގެ 13 ވަނައިގައި ރޭންކް ކުރެވިފައިވާ އިންޑިޔާގެ ސިންދޫ އަތުން ސީދާ ދެ ސެޓުން ބަލިވެފައިވާއިރު، އެމެޗުގެ ސެޓްތައް ސިންދޫ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 21-09، 21-06 ގެ ނަތީޖައަކުންނެވެ.

މިއަދުގެ މެޗުގައި ދުނިޔޭ ރޭންކިންގެ 73 ވަނައިގައި މިވަގުތު އޮތް އެސްޓޯނީއާގެ ކްރިސްޓިން ކޫބާ އަތުން ނަބާހާ ބަލިވީ ވެސް ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓްގެ ކޮޅުގައި ނަބާހާގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ފަހަރެއްގެ މަތިން ވަނީ ލީޑުވެސް ހޮދާފައެވެ. އަދި މެޗު އޮއެވަރު ބަދަލުވީ 5-5 އިން އެއްވަރުވި ފަހުންނެވެ. އެ ހިސާބުން ކޫބާ ވަނީ އޭނަާގެ ތަޖުރިބާ ބޭނުންކޮށް ސެޓުގެ ކޮންޓްރޯލް ހޯދާފައެވެ. އަދި ސެޓުގެ ފަހު ބައިގައި މޮޅަށް ކުޅެ، 21-07 އިން ނަތީޖާއަކުން ފުރަތަމަ ސެޓް ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓުގައި ނަބާހާގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެދިޔައިރު، ދެ ފަހަރެއްގެ މަތިން ނަބާހާ ވަނީ މެޗުގެ ނަތީޖާ ވެސް އެއްވަރުކޮށްފައެވެ. ނަމަވެސް ކޫބާ ވަނީ ސެޓްގެ ފަހުބައިގައި ކުޅުން ރަނގަޅުކޮށް 21-9 ނަތީޖާއަކުން ސެޓް ކާމިޔާބުކޮށްފައެވެ. އަދި މުޅި މެޗުގައި ވެސް އެންމެ ބޮޑަށް ފާހަނގަވެގެންދިޔައީ ދެ ކުޅުންތެރިންގެ ތަޖުރިބާ ފަރަގެވެ.

މީފެ އިތުރުން މިއީ، ނަބާހާ އޮލިމްޕިކްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. އަދި އޭނާއަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމުސީލުކުރި ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.