ގުޔެން އަންހް ޓޫ، ބީޖީ އެކަޑަމީގެ ކުޅުންތެރިންނާއެކު
ކުޅިވަރު
27 Aug 2024 | 19:12
ބީޖީ އެކަޑަމީން ޚާއްސަ ޓްރެއިނިންގ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ބީޖީ ސްޕޯޓްސް ކުލަބު އެކަޑަމީގެ ފަރާތުން ބޭރުގެ ތަޖުރިބާކަރު ޓްރެއިނަރަކާއެކު ތިންދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ ޚާއްސަ ޓްރެއިނިންގ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބީޖީ އެކަޑަމީގެ ފަރާތުން އޮފިޝަލަކު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި އޮގަސްޓް 23 އިން 26 އަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ވިއެޓްނާމުގެ ތަޖުރިބާކާރު ފުޓްބޯޅަ ޓްރެއިނަރެއްކަމަށްވާ ގުޔެން އަންހް ޓޫ ވަނީ ބައިވެރިވެފައެވެ.

ޓޫ އަކީ ވިއެޓްނާމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގަމުން އަންނަ ކުޅިވަރުގެ ދައިރާއިން މަތީތައުލީ ހާސިލްކުރައްވައިގެން ހުންނެވި، ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ބީޖީ އެކަޑެމީގެ ދައުވަތަކަށް ޓޫ ރާއްޖެއަށް ކުރި ތިންދުވަހުގެ މިދަތުރުގައި އެކަޑަމީގެ ޓްރެއިނިންގ ސެޝަންތަކުގައި ޓޫ ވަނީ އަމަލީގޮތުން ބައިވެރިވެ އޭނަގެ ތަޖުރިބާ އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން ބީޖީ އެކަޑަމީގެ ކޯޗުންނާއި ހިއްސާކޮށްފައެވެ.

ޓޫގެ ދަތުރާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން ބީޖީ އެކަޑަމީގެ ފަރާތުން ވާހަކަދެއްކި އޮފިޝަލް ބުނީ ޓޫގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ތިން ދުވަހުގެ ޕްރޮގުރާމަކީ ވަރަށް ކާމިޔާބު ޕްރޮގުރާމެއްކަމަށެވެ. ތިން ދުވަސް ފުލްކޮށް ދިޔައީ،ހެނދުނާއި، މެންދުރު އަދި ހަވީރުގެ އިތުރުން ރޭނގަޑު ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އެކަޑަމީގެ އަށް އަހަރުންދަށާއި، 10، 12، 14 އަދި 16 އަހަރުންދަށުގެ ކުދިން ބައިވެރިވެފައިވެއެވެ.

ބީޖީ ސްޕޯޓްސް އެކަޑަމީއަކީ ރާއްޖޭގައި ހުނަރުވެރި ފުޓްބޯޅަ ޖީލެއް ބިނާކުރުމަށް ވަރަށް ފުޅާ ދައިރާއެއްގައި މަސައްކަތްކުރަމުން އަންނަ އެކަޑަމީއެކެވެ. އެގޮތުން ރާއްޖޭގެ ތަޖުރިބާކަރު ކޯޗުންގެ އިރުޝާދާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުން އެކަމީގެ ކުދިންނަށް ތަޖުރިބާއާއި ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ބޭއްވޭ އެކަޑަމީތަކުގެ ގިނަ މުބާރާތްތަކެއްގައި ބީޖީ ސްޕޯޓްސް އެކަޑަމީގެ އެކި އުމުރުފުރާތަކުގެ ޓީމުތައް މިހާރު ވެސް އަންނަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.