ޕޮލިސް ކުލަބާއި އެމްޕީއެލް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
ކުޅިވަރު
19 Aug 2024 | 17:51
ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ބަލިކޮށް އެމްޕީއެލް އިން ފެށުން ރަނގަޅުކޮށްފި

8 ވަނަ މައިލޯ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެންޕިއަން އެމްޕީއެލް އާއި ޕޮލިސް ކުލަބު ވާދަކުރި ފޯރިގަދަ މެޗު 41-33 ގެ ނަތީޖާއަކުން އެމްޕީއެލް ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގެ ފުރަތަމަ ހާފު ފަސް ޕޮއިންޓްގެ ލީޑަކާއެކު 18-13 ގެ ނަތީޖާއަކުން އެމްޕީއެލް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެމްޕީއެލް އިން ވަނީ އިތުރު 23 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ޕޮލިސް ކުލަބުން ވެސް ވަނީ އިތުރު 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެމްޕީއެލްގެ މުހައްމަދު ފިރުނަސް އަބްދުﷲ ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ފިރާޝް ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެއިތުރުން އެޓީމުގެ ރާއިދު ރަޝީދު އަދި ހަމަދު ނާބިތު ހަސަން މިއިން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު އުމޭސް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެޓީމުގެ އަބްދުﷲ ނާޖީ، މުހައްމަދު ޖިދާދު އިބްރާހިމް ޔާދު، އިސްމާއިލް ފަރުހާން އަދި މުހައްމަދު އީމާއު އަބްދުﷲ މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ނަދީމް އެވެ.

މިމެޗުގައި ޕޮލިސް ކުލަބުގެ މުހައްމަދު އަސްލަމް ހަތް ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު މަހްފޫޒް މުހައްމަދު އަދި މުހައްމަދު ޝައިހާން އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަސްމާއިލް އަހުމަދު، އަހުމަދު އަބްދުއް ސައްތާރު، އިބްރާހިމް މުސްފިރު އަދި އިސްމާއިލް ޒައިދު މިއިން ކޮންމެ ކުޅުންތެރުއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ރާއިދު ރަޝީދު އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ އާއި ވެމްކޯގެ އިތުރުން އެމްޕީއެލް އަދި ޕޮލިސް ކުލަބެވެ. އަދި މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ