ބޫޓާނާއި ދިވެހިރާއްޖެ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
21 Aug 2024 | 18:39
10 ކުޅުންތެރިންނާއެކު ކުޅެ ބުޓާނުން ދިވެހި ޓީމު ބަލިކޮށްފި

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި، ދެވަނަ ހާފުގެ ބޮޑުވައި 10 ކުޅުންތެރިންނާއެކު ކުޅުނު ބޫޓާން އަތުން ދިވެހި ޓީމު ބަލިވެއްޖެއެވެ.

މުބާރާތުގައި ބޫޓާން ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެންޕިއަން އިންޑިއާ އަތުން އެޓީމު ބަލިވެފައިވާއިރު، މިއީ ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިނަތީޖާއެކު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާ އަތުން މޮޅުވެގެން ނޫންގޮތަކަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތެއް ދިވެހި ޓީމަށް ނެތެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބޫޓާނުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖެޓްސުއެން ޑޯޖީއެވެ. މިއީ އަރިމަތިން އެޓީމުގެ ކުޅުންތެރިއަކު ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިވެހި ޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި މުޅިން ހުސްކޮށްހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް މިހާފުގައި ބޫޓާނުން ދިވެހި ޓީމުގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މިހާފުގައި ދިވެހި ޓީމުގެ ކީޕަރު ޔާމީންގެ ފަރާތުން ވަނީ ރަނގަޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ދިވެހި ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ބޫޓާންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި މިލަނޑު ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ އިޝްއާފު މުހައްމަދު ފިރާގެވެ.

މި ހިލޭޖެހުމަކީ ދިވެހި ޓީމުން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބޫޓާންގެ ކީޕަރު ޓެންޒިން އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން ދިވެހި ޓީމަށް ލިބުނު ޖެހުމެކެވެ. އަދި މިއާއެކު މެޗުގެ ރެފްރީ ވަނީ ޓެންޒިން އަށް ސީދާ ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި ކުޅެވުނު ދެވަނަ ހާފުގައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބޫޓާނުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 90 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގަވާންގް ޗޮޕެލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބޫޓާން ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދިވެހި ޓީމު ކުޅޭ ފަހު މެޗުގައި ރާއްޖެ ގަޑިން 14:15 ގައި ދިވެހި ޓީމު ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން އިންޑިއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.