ގައުމީ އަންހެން ވޮލީ ޓީމާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު
05 Sep 2024 | 15:27
ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި

މަދަމާ ފެށުމަށް ހަމަޖެހުފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ދިވެހި ގައުމީ އަންހެން ޓީމާ އިއްޔެ ޖާޒީ ހަވާލުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވީ، ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އިއްޔެގެ އިވެންޓްގައި ރާފިއު ވަނީ ޓީމަށް ހިތްވަރު ދެއްވައި، ރާއްޖެއަށް މުބާރާތުން މެޑަލްއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން އެދިވަޑައިގެންފައެވެ. އޭގެ އިތުރުން ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވެސް އިއްޔެގެ އިވެންޓްގައި ބައިވެރިވެލައްވާފައިވާ އިރު، އޭނާ ވަނީ ޓީމާ މެދު އިތުބާރު ބޮޑު ކަމަށް ވިދާޅުވެފައެވެ.

06 ސެޕްޓެންބަރު 2024 އިން 11 ސެޕްޓެންބަރު 2024 އަށް މާލެ ސިޓީ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ތަޖެކިސްތާން، ކިރިގިސްތާނުގެ އަދި އަފްގާނިސްތާން ވާދަކުރާނެއެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖެ ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.

ރާއްޖޭގެ ޓީމުން މުބާރާތަށް ތައްޔާރުވަމުންދާތާ ދުވަސްތަކެއްވެފައިވާ އިރު، އެންމެފަހުން ނޭޕާލްގައި ކުޅުނު ކާވާ ވިމެންސް ނޭޝަން ލީގުގައި ވެސް ވާދަކޮށް، ޓީމުން ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދައިފައެވެ. އެ މުބާރާތުގައިވެސް ޓީމުގެ ހެޑް ކޯޗަކީ ސޮފްވާން އަހުމަދެވެ. މިފަހަރުވެސް ޓީމު ނުކުންނާނީ ސޮފްވާންގެ ކޯޗުކަމުގެ ދަށުގައެވެ. އެސިސްޓެންޓް ކޯޗުންނަކީ އަހުމަދު ދީދީއާއި އަހުމަދު އަދީލް (ބޭބެ) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.