މުހައްމަދު ޔާމީން (ޔާންބެ)
ކުޅިވަރު
01 Sep 2024 | 00:32
ގައުމަށް ރަންވަނަ ތަކެއް ހޯދައިދީފައިވާ ތަރިއެއް، މިއަދު އެދެނީ ދިވެހިންގެ ދީލަތި އެހީއެއް

މިސްޓަ މޯލްޑިވްސްގެ މަގާމުގައި މިވަގުތު ހުރި އަދި އެމަގާމު ހަތަރު ފަހަރަށް ހޯދާފައިވާ މުހައްމަދު ޔާމީން (ޔާންބެ)ގެ ދެ ކިޑްނީ ފެއިލްވެ އޭނާ އެކަމުގެ ފަރުވާއަށް އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހިރާއްޖެއަށް ފަޚުރުވެރި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ޔާންބެގެ ކިޑްނީ މައްސަލަ އުޅޭކަން އެގުނީ އުނދަގޫތަކެއްވާތީ، މީގެ މަހެއްހާ ދުވަސް ކުރިން ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ލޭގެ ޓެސްޓަކުންނެވެ. 

ޔާންބެގެ ދެ ކިޑްނީ ފެއިލް ވެފައިވާއިރު، އޭނާ މިވަގުތު މަސައްކަތްކުރަމުން އަންނަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކިޑްނީ ޓްރާންސްޕްލާންޓް ހަދަންށެވެ. އަދި މިކަމަކީ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަކަށްވާތީވެ އެނާ ވަނީ މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޔާންބެގެ އުފަން ރަށް ށ. ފުނަދޫގެ ބަޔަކު އިސްވެ މިއަދު ވަނީ ފަންޑްރައިޒިން ޕްރޮގްރަމެއް ފަށައިފައެވެ.

2017 ވަނަ އަހަރު ފުރަތަމަ ފަހަރަށް މިސްޓަރ މޯލްޑިވްސްގެ މަގާމު ހޯދި ޔާންބެ ވަނީ 2021، 2022 އަދި 2023 ވަނަ އަހަރާއެކު ހަތަރު ފަހަރަށް މިސްޓަރ މޯލްޑިވްސްގެ މަގާމު ހޯދާފައެވެ. އަދި މީގެ އިތުރުން 2023 ވަނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދުމުގެ އިތުރުން 2022 ވަނަ އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

ކޮމެންޓް
ޢާދަމް ޝަރީފު
މި ބޭފުޅާ އަށް އެހީވުމަކީ ކޮނމެހެނ ކުރަން ރަގަޅު ކަމެއް. ޢެކއުންޓު ނަންބަރ؟؟؟؟؟ 7782176
01 Sep 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.