13 Jul 2024
އައިއެޗްއެފް ޓްރޮފީ: ދިވެހި ޓީމު ބަލިކޮށް 18 އަހަރުންދަށުގެ ތިންވަނަ ނޭޕާލުން ހޯދައިފި
އައިއެޗްއެފް ޓްރޮފީ 2024 ގައި މިއަދު މެންދުރު ކުޅުނު 18 އަހަރުންދަށުގެ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 31-29 ގެ ނަތީޖައަކުން ރާއްޖެ ބަލިކޮށް ނޭޕާލުން ބްރައުންޒް މެޑަލް ހޯދައިފި އެވެ.
11 Jul 2024
ޕާކިސްތާން މުބާރާތުން ވަކިވުމުން 20 އަހަރުންދަށު ސާފު ޗެންޕިއަންޝިޕްގެ ޝެޑިއުލްއަށް ބަދަލުތަކެއް
ނޭޕާލުގައި އަންނަ މަހު 18 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ޕާކިސްތާން ވަކިވުމާއި ގުޅިގެން މުބާރާތުގެ ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފިއެވެ.
11 Jul 2024
ރާއްޖޭގެ 18 އަހަރުންދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުގައި އިންޑިޔާ އަތުން ބަލިވެއްޖެ
އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި ރާއްޖޭގެ 18 އަހަރުންދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުގައި އިންޑިޔާގެ 18 އަހަރުންދަށުގެ ޓީމު އަތުން 27-56 ގެ ނަތީޖާއަކުން ދިވެހި ޓީމު ބަލިވެއްޖެއެވެ.
06 Jul 2024
އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ޒުވާން ގައުމީ ހޭންޑްބޯލް ޓީމާތަކުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި
އިންޑިއާގައި ޖުލައި މަހު 10-14 އަށް ބާއްވާ އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޒުވާން ޓީމާތަކާއި ޖާޒީ ހަވާލުކޮށްފި އެވެ.
01 Jul 2024
އޮފީސް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެ މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އިންޓަރ އޮފީސް/ކުންފުނި" ތަކުގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
30 Jun 2024
ޝަނާންގެ ހެޓްރިކާއެކު ވައިޕާސް ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމު ޗެންޕިއަންކަން ހޯދައިފި
ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ފައިނަލް މެޗުގައި މިއަދު ހަވީރު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ވައިޕާސް ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
29 Jun 2024
200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އަދި 100 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި
އިގިރޭސިވިލާތުގައި ކުރިއަށްދިޔަ ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި ރާއްޖޭގެ ޒުވާން ފެތުންތެރިއާ މިރާލް ޢައިން ލަތީފް, އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.
29 Jun 2024
50 މީޓަރު ބަޓަރފްލައި އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އައުކޮށްފި
އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ރާއްޖޭގެ ޒުވާން ފެތުންތެރިއާ ޢާއިޝަަތު ޢުލްޔާ ޝާއިޤް އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.